ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 22:04
ވިކްޓްރީގެ ކުޅުންތެރިޔަކު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ވިކްޓްރީގެ ކުޅުންތެރިޔަކު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ތިމަރަފުށި ބަލިކޮށް ވިކްޓްރީ ހަވަނަ އަށް ޖެހިލައިފި
ތިމަރަފުށީގެ މައްޗަށް ވިކްޓްރީ ކުރި ހޯދީ 0-1 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ލީގުގައި ތ. ތިމަރަފުށި ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގެ ހަވަނަ އަށް ޖެހިލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު ތިމަރަފުއްޓާ ވާދަކޮށް ވިކްޓްރީން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި  ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 39 ވަނަ މިނެޓުގައި ވިކްޓްރީ އަށް ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީއެވެ. މި ލަނޑަށް ފަހު ވެސް އޭނާ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާ އެކު ވިކްޓްރީ ވަނީ ނުވަ މެޗުން ނުވަ ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ތިމަރަފުށި އޮތީ އެންމެ ޕޮއިންޓަކާ އެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

ލީގުގައި މިރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބް އާއި ށ. ފޯކައިދޫއެވެ. މި މެޗަށް ފަހު ޕޮއިންޓް ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް