ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ޖިނާއީ ޝަރީއަތެއް ކުރަންޖެހޭ ކަމަށާއި އެމަނިކުފާނު ފިލިޔަ ދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއީން އަންގާރަ ދުވަހު ގެނެސްދިން "އިންތިޚާބަށް ކައިރިވެފައިވަނިކޮށް ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު" ވަތް ކަމަށް ބުނާ ޚަބަރު އެޓޭޗްކުރައްވައި ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފު ވިދާޅުވީ ފުލުން ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ސަރުކާރުގެ މުއައްސަސާތަކުން އެމަނިކުފާނުގެ މައްޗަށް ހެއްކާ އެކު މައްސަލަތައް ހުށައަޅާފައިވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ފިލިޔަ ނުދީ ހިފަހައްޓަން ޖެހޭ ކަމަށެވެ.
@PoliceMv shall initiate criminal investigation against Pr. Yameen immediately. Govt authorities has filed case against him with ample evidence. Police shall not let Pr.Yameen flee. #ArrestYameen https://t.co/xuo2jd6f3s
— Hassan Latheef (@HassanLatheef) October 2, 2018
އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޭރުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވި ސިޓީއަކާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓްކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އެ ހުރިހާ ފައިސާ ވެސް ޖަމާކޮށްފައި ވަނީ ނަގުދު ފައިސާގެ ގޮތުގައި ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.