Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 12:47
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް
ރާއްޖެއެމްވީ
ޗުއްޓީ ދިނުމުގެ އުސޫލުތައް
ޕޭ ފްރޭމްވަރކަށް ބަދަލުވި ނަމަވެސް، ހޮނިހިރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ގުނައިގެން ޗުއްޓީ ހަމަޖެއްސުމަށް މުއައްސަސާތަކަށް އަންގައިފި
މި އެންގުން މި ގޮތަށް އަންގާފައި ވަނީ އޮކްޓޯބަރ މަހުގެ 12ވީ ބުރާސްދަތި ދުވަހު
އެ މިންގަނޑާއި ޚިލާފަށް އަހަރީ ޗުއްޓީ ހަމަޖައްސާފައިވާ މުވައްޒަފުންގެ ޗުއްޓީގެ ދުވަސްތައް އެ މިންގަނޑަށް ރިއާޔަތްކުރުމަށް ފަހު އެޖެސްޓްކުރުމަށް ވެސް ސީއެސްސީން ވަނީ އަންގާފަ
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވާ މުވައްޒަފުންގެ ޗުއްޓީ ދޭއިރު ހޮނިހިރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ގުނައިގެން އަހަރީ ޗުއްޓީ ހަމަޖެއްސުމަށް ވަނީ އަންގާފަ

މުވައްޒަފުންނަށް ޗުއްޓީ ދޭ އިރު ހޮނިހިރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ގުނައިގެން ޗުއްޓީ ހަމަޖެއްސުމަށް މުއައްސަސާތަކަށް އަންގައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޕަރމަނަންޓް ސެކެޓްރީ އިންނާއި ސެކެޓްރީ ޖެނެރަލުންނާއި ޒިންމާދާރު ވެރިންނަށް ފޮނުވި ސިޓީގައި އެކަމާއި ގުޅޭ ތަފްސީލްތައް ވަނީ ހިއްސާކޮށްފައެވެ.

ސިވިލް ސަރވިސްގެ ސިޓީގައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވާ މުވައްޒަފުންނަށް އަރީ ޗުއްޓީ ދިނުމުގައި އަމަލުކުރަން ޖެހޭ ގޮތް ސާފުކޮށްދީފައެވެ.

އެ ކޮމިޝަނުން ބުނީ މިހާރު ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވީ ނަމެސް ޕޭ ފްރޭމްވަރކަށް ބަދަލުވާ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި ހޮނިހިރު ދުވަހަކީ ބަންދު ދުވަހެއްކަމުގައި ނުހިމަނާ އަހަރީ ޗުއްޓީ ގުނަމުންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Advertisement

ވުމާއި އެކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވާ މުވައްޒަފުންގެ ޗުއްޓީ ދޭއިރު ހޮނިހިރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ގުނައިގެން އަހަރީ ޗުއްޓީ ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.

އަދި އެ މިންގަނޑާއި ޚިލާފަށް އަހަރީ ޗުއްޓީ ހަމަޖައްސާފައިވާ މުވައްޒަފުންގެ ޗުއްޓީގެ ދުވަސްތައް އެ މިންގަނޑަށް ރިއާޔަތްކުރުމަށް ފަހު އެޖެސްޓްކުރުމަށް ވެސް ސީއެސްސީން ވަނީ އަންގާފައެވެ.

މި އެންގުން މި ގޮތަށް އަންގާފައި ވަނީ އޮކްޓޯބަރ މަހުގެ 12ވީ ބުރާސްދަތި ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް