އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ޑެފް އެސޯޝިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފި އެވެ.
އާދިއްތަ ދުވަހު މި ބައްދަލުވުން ބާއްވާފައި ވަނީ ސޯލްޓް ކެފޭގަ އެވެ.
މި ބައްދަލުވުމުގައި އެ އެސޯސިއޭޝަންގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކާއި އެކުދިންނަށް ވަޒީފާ ލިބުމުއްގައްޔާއި، ވަޒީފާގެ މާހައުލުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ހިއްސާކޮށްފައެވެ.
އެ ކުދިން ދައްކާ ވާހަކަތައް ތަރުޖަމާކޮށް ދޭނެ މީހުން ތަމްރީނުވެފައި ނެތުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، އާއްމު ދަތުރުފަތުރާއި މަތީ ތައުލީމުގެ ފުރުސަތުތައް ލިބުމުގައި ހުރި ގޮންޖެހުންތައް ވެސް އެކުދިން ވަނީ އިންތިޚާބީ ރައީސާއި އިންތިޚާބީ ނައިބު ރައީސާ ހިއްސާކޮށްފައެވެ.

އިންތިޚާބީ ރައީސާއި ނައިބު ރައީސާއި އެކު އެކިއެކި މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކުން ދަނީ ބައްލުކުރަމުންނެވެ.