ޖަޕާންގެ ސަރުކާރުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރްހަބާ ކިޔައިފި އެވެ.
ޖަޕާން ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ އާ ސަރުކާރާއެކު ގުޅުން ބަދަހި ކުރުމުގެ ގޮތުން މަސައްކަތް ކުރަން ބޭނުންވާކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގެ ދާޚިލީ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށާއި، ސަރަހައްދީ މައްސަލަތައް ހައްލު ކުރަން އާ ސަރުކާރާއި އެކީގައި މަސައްކަތް ކުރަން ބޭނުންވާކަމަށެވެ.
ޖަޕާން ސަރުކާރުން ބުނެފައިވަނީ ސަރުކާރު ހިންގުމުގެ ކަންކަން ބަދަލުކުރުން އަމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،705 ވޯޓް ލިބިފައިވާއިރު ރައީސް ޔާމީންއަށް ލިބިވަޑައިގެންފައިވަނީ 96052 ވޯޓްއެވެ.މިއަހަރުގެ ރިޔާސީ އިންތިހާބުގައި 233،889 މީހުން ވޯޓުލާފައިވާ އިރު މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 89 ޕަސެންޓެވެ.
ޖަޕާނުން ބުނި ގޮތުގައި އިންތިހާބުގެ ކަންކަން ދިޔައީ އޮމާންކަމާއެކު އެވެ. އަދި އާބާދީގެ 89 ޕަސެންޓް މީހުން ވޯޓްލާން ނުކުތުމަކީ ދިވެހިން ޑިމޮކްރަސީ ބޭނުންވެފައިވާ މިންވަރު ދައްކުވައިދޭ ހެއްކެއް ކަމަށް ވެސް ޖަޕާނުން ބުނެ އެވެ.