މިމަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން އެންޑޯސް ކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާޢީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީ އެކޮމިޝަނުގެ ފަސް މެންބަރުން ވެސް އެންޑޯސް ކުރައްވާފައިވާ ކަމަށެވެ.
އިންތިޚާބުގެ ދާއިމީ ނަތީޖާ ފަސް މެންބަރުން އެންޑޯސް ކުރެއްވީ ބުރާސްފަތި ދުވަހު ކަމަށާއި، ދާއިމީ ނަތީޖާއާ ވަގުތީ ނަތީޖާގައި މާބޮޑު ފަރަގެއް ނެތް ކަމަށް ވެސް ހަބީބްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
On Thursday, the five election commissioners have endorsed the final outcome of the Presidential Election. There were no significant changes from the interim results.
— Ismail Habeeb (@IsmailHabeeb) September 28, 2018
ރިޔާސީ އިންތިބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އެންޑޯސް ކުރައްވާފައިވާ ކަމަށް ކޮމިޝަނުގެ މެންބަރަކު ވިދާޅުވި އިރު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިތުރުން އިދިކޮޅު ސަޕޯޓަރުންނާއި ބޭރުގެ ބައެއް ގައުމުތަކުން ވެސް އަންނަނީ ދާއިމީ ނަތީޖާ އަވަހަށް އިއުލާންކުރަން ބާރުއަޅަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ ޖުމްލަ 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.