ދިވެހިންގެ ނިންމުން ދަމަހައްޓާނެ ކަމަށް، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވި ވާހަކަ ޓްވީޓު ކުރުމުން، އެ ޓްވީޓަށް ގިނަ ބައެއްގެ ލޯބި ބަންޑުންވެއްޖެއެވެ.
ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓުން މިހާތަނަށް ކުރި 17،000 ޓްވީޓުގެ ތެރެއިން ބުދަ ދުވަހުގެ ރޭ ފުލުހުން ކުރި ޓްވީޓަކީ އެންމެ ގިނަ ލައިކާއި އެންމެ ގިނަ ރިޓްވީޓު ލިބުނު ޓުވީޓަށް ވަނީ ވެގެންގޮސްފައެވެ. އެގޮތުން އެ ޓްވީޓަށް މިހާތަނަށް ވަނީ 1،700އަށް ވުރެ ގިނަ މީހުން ލައިކް ދީފައެވެ. އަދި ރިޓްވީޓު ކުރި މީހުންގެ އަދަދު ވަނީ 1،200އާ ކައިރި ކޮށްފައެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރާ ހަވާލާދީ، ފުލުހުން ކުރި ޓްވީޓުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމެވި ގޮތް ފުލުހުން ދަމަހައްޓައި، އެ ނިންމުމަށް އިހްތިރާމް ކުރާނެ ކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ. އެ ޓްވީޓާއެކު ފުލުހުންނަށް އެތައް ބައެއްގެ ލޯބި ބަންޑުންވެ، ތައުރީފު ވަނީ ދަނީ އޮހެމުންނެވެ.
'23 September 2018 gai beyvvunu Riyaasee Inthikhaabugai dhivehi Rayyithun ninmevigoi Dhivehi Fuluhun dhamahattaa eninmumah ihthiraam kuraanekan dhivehi lobuvethi rayyithun nah dhannavan.’ Acting Commissioner of Police Abdullah Nawaz
— Maldives Police (@PoliceMv) September 26, 2018
އެގޮތުން ފުލުހުންނަށް ހިތްވަރުދީ ބައެއް މީހުންދަނީ ޓްވީޓު ކުރަމުންނެވެ. އަދި ގާނޫނުތަކުން ފުލުހުންނަށް ދީފައިވާ އިހްތިޔާރާއި ބާރު ބޭނުންކޮށް، ގާނޫނީ ވެރިކަމެއް ކުރުމުގެ ފުރުސަތު ފުލުހުން ހޯދައިދޭންޖެހޭނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ފުލުހުން ކުރި ޓްވީޓަކަށް މީގެ ކުރިން ވެސް ވަނީ ގިނަ ބަޔަކު ވަނީ ލައިކް ލިބިފައެވެ. އެގޮތުން ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަށް ތަބާވެ، އަމަލު ކުރާނެ ކަމަށް ބުނެ، ފުލުހުން ކުރި ޓްވީޓު 1،200 އަށް ވުރެ ގިނަ މީހުން ވަނީ ރިޓްވީޓު ކޮށްފައެވެ.
Mirey Dhivehi Raajjeyge Supreme Courtun nerunu amurah thabaavaane kamah Commissioner of Police & Deputy Commissioner of Police qaanoony lafa hoadhumah fahu ninmavaifi. Adhi amurah amalukurumuge masahkai fuluhun dhany kuramun.
— Maldives Police (@PoliceMv) February 1, 2018