ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ޓްވީޓެއްގެ މައްސަލައިގައި ކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު (މިއަދަށް) ތާވަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ދެ މައްސަލަ ވެސް ތާވަލްކޮށްފައި ވަނީ މެންދުރު 13:00 އަށެވެ.
ޓްވީޓްކުރި މައްސަލާގައި މަހުލޫފުގެ މައްޗަށް ކުރަނީ ނުހިނގާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ދައުވާއެވެ.
މަހުލޫފުގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައި ވަނީ މާފުށީ ޖަލު ކުރިމަތީގައި މުޒާހަރާ ކުރި މައްސަލާގައެވެ. އެމައްސަލާގައި މަހުލޫފު ހުންނެވީ ގޭ ބަންދުގައެވެ. އެހެން ނަމަވެސް ދައުވާއާ ގުޅިގެން އެއްވެސް ޝަރުތަކާ ނުލައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މަހްލޫފް ދޫކޮށްލާފައެވެ.