ރިޔާސީ އިންތިޚާބުގެ ވޯޓާ ކުޅެން އުޅުމަކީ އަޅާނެ އެންމެ ބޮޑު ޅަ އެތި ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދާއިމީ ނަތީޖާ ނެރުން ފަސްކޮށްދިނުމަށް ޕީޕީއެމުން އިލެކްޝަން ކޮމިޝަނުގައި އެދިފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ ވަގުތީ ނަތީޖާ މުޅި ދުނިޔެއިން ބަލައިގަނެފައިވާއިރު ވޯޓޭ ކިޔައިގެން ހަމަނުޖެހުން ހިންގުމަށް މަސައްކަތް ނުކުރުމަށް އެދޭ ކަމަށާއި، ރީތިކޮށް މިކަން ނިންމާލުމަށް ފަހު ރައީސް ޔާމީން ގެއަށް ވަޑައިގަންތުމަށް އެދޭ ކަމަށެވެ. އަދި އެއީ ރައްޔިތުން މިއަދު ބޭނުންވާ ގޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
Election ge kanakan dhiyaee rangalhahkan EC in kashavaru kodhdhenikoh alun votey kiyaigen hamanujehun hingan RY masakkaiy nukuravaa. Reethikoh mikan ninmavaalavvaafai geah vadaigannavaa. Rayyithun rulhinaaruvaa! V gina lhaechchehi elhuvvijje. Thi alhuvaanee enme bodu lhaethi.
— Ameen Ibrahim (@ameenmaldives) September 26, 2018
ރައްޔިތުން ރުޅިނޭރުވުމަށް ނަސޭހަތްތެރިވަމުން އަމީން ވިދާޅުވީ ރައީސް ޔާމީނަށް ވަރަށް ގިނަ ޅަ އެއްޗެހި އެޅިފައިވާ ކަމަށާއި، އަޅުއްވަން ދެން އެ އުޅުއްވަނީ އެންމެ ބޮޑު ޅަ އެތި ކަމަށެވެ.
އާދީއްތަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި 233،877 ފަރާތަކުން ވަނީ ނިކުމެ ވޯޓްލާފައެވެ. އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބުނު އިރު، އެމަނިކުފާނާ ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިފައި ވަނީ 96،132 ވޯޓެވެ.