23 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމި ނިންމުން ފުލުހުން ދަމަހައްޓަވާނެކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އުދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އެކްޓިން ކޮމިޝަނަރ އޮފް ފޮލިސް އަބްދުﷲ ނަވާޒާއި ހަވާލާދީ ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ދިވެހި ރައްޔިތުން ނިންމެވިގޮތް ފުލުހުން ދަމަހައްޓަވާނެކަމަށާއި، އެ ނިންމުމަށް ފުލުހުން އިހްތިރާމްކުރާނެ ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ދިވެހި ލޮބިވެތި ރައްޔިތުންނަށް އަރުވާކަމަށް ނަވާޒާއި ހަވާލާދީ ޝިފާން ވިދާޅުވި އެވެ.
'23 September 2018 gai beyvvunu Riyaasee Inthikhaabugai dhivehi Rayyithun ninmevigoi Dhivehi Fuluhun dhamahattaa eninmumah ihthiraam kuraanekan dhivehi lobuvethi rayyithun nah dhannavan.’ Acting Commissioner of Police Abdullah Nawaz
— Maldives Police (@PoliceMv) September 26, 2018
ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ނަވާޒް ވިދާޅުވީ ފުލުހުންގެ ނިންމުން އެ ވަނީ ހާމަކޮށްފައިކަމަށާއި، ރައްޔިތުން ނިންމުން ދެމެހެއްޓުމަށް ފުލުހުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އިންތިހާބްގެ ނަތީޖާ އޮޅުންބޮޅުންކުރަން މަސައްކަތްކުރާ ފަރަތްތަކަށް ފުރުސަތު ނުދީ، ރައްޔިތުންގެ ނިންމުން ދަމަހައްޓަވާނެކަމަށް ނަވާޒް ވިދާޅުވި އެވެ.
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވެފައިވާއިރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވެސް ވަނީ ރައްޔިތުން 23 ސެޕްޓެމްބަރުގައި ނިންމެވި ނިންމެވުން ދިވެހި ސިފައިން ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.