ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 19:01
ރައީސް ޔާމީން
ރައީސް ޔާމީން
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ބެގް، ބޮރޯ އޯރ ސްޓީލް
ބިޓު ކަޓާފާނެތީ ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން މަޖުބޫރުވާނެ ކަމަށް ވިދާޅުވި
އަންހެނުން ދަށްކޮށްލަން ބުނި ވާހަކައެއް
ރައީސްގެ ވާާހަކަފުޅު ހުންނަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ބީރައްޓެހިކޮށް

ކުޑައިރުއްސުރެ މައިންބަފައިން ދަރިންނަށް ދަސްކޮށްދެނީ ރަނގަޅު ތަރުބިއްޔަތެވެ. ދުވަހަކުވެސް މީހަކަށް ނުދަރާ، ސަލާން ނުޖަހާ އުޅުމަށް ދަސްކޮށްދެއެވެ. ދަރީން ތަރުބިއްޔަތުވަނީ މައިންބަފައިން ތަރުބިއްޔަތު ކުރިގޮތަކަށޭވެސް ބުނެ އުޅެތެވެ. އެއީ އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދޭ ރީތި އުސޫލެވެ. 

ސައިޒު ދައްކާލަން ޕީޕީއެމުން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޔާމީން ދެއްކެވި ވާހަކައަކުން އެއީ ރައީސަކު ދައްކަން ހެޔޮވާހަކައެއްތޯ ސުވާލު އުފެދެއެވެ. ގައުމުގައި ހިންގާ ޖަރީމާތައް ގިނަވަނީ ރައީސްމީހާގެ ވާހަކަފުޅުތައް މިމޭރުމުން ހުރީމައޭވެސް ބުނެވިދާނެއެވެ. ނުބުނެވެންވީ ސަބަބެއްވެސް ނެތެވެ.

ޒުވާނުންނަކީ ގައުމުގެ ހުންގާނާއި މާދަމާ ހަވާލުވާން ތިބި މީހުންނަށް ވާއިރު ގައުމުގެ ވަލިއްޔުލްއަމްރު ޒުވާނުންނަށް ނަގައިދިން ފިލާވަޅަކީ ކަމެއް ހާސިލް ކުރަން ބޭނުވެއްޖެ ކަމުގައިވާނަމަ ކޮންމެ ގޮތަކަށް އެކަންކުރަން "އޯކޭ" ކަމަށެވެ. އެމަނިކުފާނު އެވިދާޅުވި ގޮތަށް ޒުވާނުން އުޅެން ވެއްޖެ ކަމުގައިވާނަމަ ގައުމު ހިންގަން ތިބި ޒުވާނުންނަށް ވާނީ ކިހިނެތްބާއޭ ހިތަށް އަރައެވެ. 

ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް އާ ވަޒީފާތައް އުފައްދަވާނެކަމަށް ވިދާޅުވެ އެކަމަށް މިސާލު ނެންގެވީ ޒުވާން ފިރިހެނުން އެމީހުންގެ ލޯބިވެރިޔާއަށް އާ މޮބައިލް ފޯނެއް ދޭން ބޭނުންވާނެ ކަމަށް ވިދާޅުވެއެވެ. ރައީސް ވިދާޅުވީ ކޮންމެ ޒުވާނަކުވެސް "ގަރލްފްރެންޑަށް" އެންމެ ފަހުގެ ފޯނެއް ދޭން ބޭނުން ވާނެ ކަމަށެވެ.

"ގަރލްފްރެންޑް ރުޅި ވެދާނެތީ" ނުވަތަ އެހެން މީހަކާ ގުޅިދާނެތީ އޭނާގެ ލޯބިވެރިޔާއަށް ހޯދުނު ގޮތަކަށް ފޯނު ހޯދުމަށް މަޖުބޫރުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި "ބެގް ބޮރޯ އޯރ ސްޓީލް" ނުވަތަ ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން "ބޯއި ފްރެންޑަށް" މަޖުބޫރު ވާކަމަށް ރައީސް ޔާމީން ވިދާޅުވުމާއެކު މުޅި ސޯޝަލް މީޑިއާ ކެކި އަރައިގަތެވެ.

ވާނީ ވެސް އެހެންތާއެވެ. ޒުވާނުން ވައްކަން ކުރުމަށް ހިތްވަރު ދޭ ފަދަ ގޮތަކަށް ރައީސް މީހާގެ ވާހަކަތައް ހުރުމުން އެކަން ނުކުރާބަޔަކަށް ވާނީ އާކަމަކަށެވެ. ކަމެއް ކުރަން ބޭނުންވެއްޖެ ކަމުގައި ވާނަމަ ނުވަތަ ކަމެއް ހާސިލް ކުރަން ބޭނުންވާނަމަ ހޯދުނު ގޮތަކަށް ހޯދަންޖެހޭ ދޭހަވާފަދަ މޭރުމަކުން ގައުމުގެ ވަލިއްޔުލްއަމްރުގެ ވާހަކަފުޅު ހުންނާނެއެކޭ އެއްވެސް މީހަކު ހިއެއްނުކުރާނެއެވެ. ދީން ހިމާޔަތް ކުރާ ސަރުކާރުކަމަށް ބުނާ ސަރުކާރުން އިސްލާމްދީނާ ޚިލާފު މިފަދަ ވާހަކަ ދައްކާނެކަމަކަށް އަދި ހީކުރާނީ ވަކި ކާކުހެއްޔެވެ؟

މި ވާހަކަތައް އިވުނު އަންހެންވެރިންނަށް އަދި ވީ އެމީހުންނަށް ވަލިއްޔުލްއަމްރު ކުރިމަތިކުރުވި ކުޑައިމީސް ބަހަކަށެވެ. އަންހެނުން ދަށްކޮށްލަން ބުނި ވާހަކަ އަކަށެވެ. 

ލޯބިވެރިން އެ ކަނބަލުންނަށް މޮބައިލް ފޯނު ދޭން ނުޖެހޭ ކަމަށާއި އެމީހުން އަމިއްލައަށް ލާރި ހޯދައިގެން އެވަރު ކުރެވޭ ކަމަށް ބުނެ އެވެރިން ރައީސް ޔާމީނަށް ފާޑުކިޔަން ފެށިއެވެ. އަދި އެއީ އެމީހުން ހާސިލްކުރަން ފިރިހެނުން އުޅެންޖެހޭ ގޮތެއް ނޫންކަމާއި އަންހެނުންނަކީ "މެޓީރިއަލިސްޓިކް" ބައެއް ނޫން ކަމަށްބުނެ ސޯޝަލް މީޑިއާގައި ރައީސަށް ފާޑުކިޔުން އަމާޒުވާން ފެށިއެވެ.

މީއެއްވެސް ކަނބަލަކު އުޅެން ބޭނުންވާނެ ގޮތެއް ނޫނެވެ. އަދި މި މިސާލު ނަގައިގެން ގައުމުގެ ކުރިމަގު ބައްޓަންކުރަން ޒުވާނުން ބޭނުން ނުވާނެކަންވެސް ޔަގީނެވެ. ހިތައްއެރިހާ ގޮތަކަށް އުޅެން، ނުވަތަ ބޭނުންވާހާ އެއްޗެއް، ހަލާލެއް ހަރާމެއް ނުބަލާ، ހޯދުނު ގޮތަކަށް ހޯދައިގެން އުޅުމަކީ ރާއްޖޭގެ އެންމެން ތަބާވާ އިސްލާމްދީން ހުއްދަ ކުރާކަމެއް ވެސް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
19 ސެޕްޓެންބަރ 2018 | ބުދަ 19:38
ނޯނޭމްސް
ކޮބާތޯ ދީނީ އިލްމުވެރިން. އަދި ފާޅު ނުވަނީ ދެއްތޯ؟ ބޭނުންހާ އެއްޗެއްކިޔާ ދީނާ ޚިލާފު ވާހަކަތައް ދައްކަމުންދާއިރު ގައިމު ތިބެންވާނެއްނު
19 ސެޕްޓެންބަރ 2018 | ބުދަ 19:11
ޔަހްޔާ
ރައީސްމީހާ މިހެންވީމަ ރައްޔިތުންވެސް ވާނީ އެހެން