ޕީޕީއެމްގެ ސަޕޯޓަރުން ތައްޔާރުކޮށް ފަތުރަމުންދާ ކެމްޕެއިން ޕޯސްޓަރެއްގައި ޝައިޚުންގެ ފޮޓޯ ހިމެނި މައްސަލައިގައި ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާނާ ދެކޮޅަށް އަބުރުގެ މައްސަލައެއް ޕޮލިހަށް ހުށަހަޅައިފިއެވެ.
ނިހާންގެ މައްސަލައެއް މިއަދު ޕޮލިހަށް ހުށަހަޅުއްވާފައިވަނީ ޝެއިހް މުހައްމަދު އަނީލެވެ.
baeh sheikhunge photo aaeku, 12/09/2018 gai @ahmed_nihan kuri tweet gai alhuganduge aburah araiganefaivaathee e massala thahugeegkoh fiyavalhu alhaidhinumah @PoliceMv ah miadhu hushahalhaifin.
— Aneel (@mohamed_aneel) September 13, 2018
Gaanoon emmenge mahchah eh hama akun hingan vaane.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޝައިޚް އަނީލް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ އެބޭފުޅާއަކީ ދީނުގެ ޢަދާވާތްތެރިއެއް ކަމަށް ބުނެ ޕީޕީއެމްގެ ކެމްޕެއިން ޕޯސްޓަރެއްގައި ފޮޓޯ ޖަހާފައިވާތީ ކަމަށެވެ.
އަނީލް ވިދާޅުވީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ސިޓީއަކުން ހުށަހެޅި އެމައްސަލައިގާ އެދިފައިވާނީ އެކަން ތަހުގީގްކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިދެއްވުން އެދިއެވެ. ސިޓީ ބައްލަވައިގެން ކަމަށާއި ފަހުން ގުޅުއްވާނެ ކަމަށް ފުލުހުން ވިދާޅުވިކަމަށް ޝައިޚް އަނީލް ވިދާޅުވިއެވެ.
ރާއްޖޭގެ 66 އިލުމުވެރިއަކު ރައީސް ޔާމީނާއި ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ތާއީދުކޮށްފައިވާ ކަމަށް ބުނެ ބުދަ ދުވަހު ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާއި ޕީޖީ ލީޑަރު ނިހާން އާއްމު ކުރި ފޮޓޯޖެހި ލިސްޓުގައިވާ ބައެއް ބޭފުޅުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ލިސްޓުން އެބޭފުޅުންގެ ފޮޓޯތައް އުނި ކުރަން ގޮވާލާފައެވެ. ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެބޭފުޅުންގެ ފޮޓޯ ޢާއްމުކޮށްފައިވަނީ އެބޭފުޅުންނަށް އެއްވެސް ވަރަކަށް އެނގިގެނެއް ނޫނެވެ.
ދީނީ އިލްމުވެރިންގެ 98 ޕަސެންޓު ތާއީދު އޮތީ ރައީސް ޢަބްދުﷲ ޔާމީނަށް ކަމަށް ވިދާޅުވެ ޢިލުމުވެރިންގެ ރުހުމާ ނުލައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އާއްމު ކުރެއްވި ޓްވީޓް ފަހުން ވަނީ ޑިލީޓު ކުރައްވާފައެވެ.