އައިޑީކާޑު ވިއްކައިގެން ލިބޭ ލާރި އެއީ އަލިފާން ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅުވައިގެން ބޮޑު އަގުގައި ބައެއް މީހުންގެ އައިޑީކާޑު ގަނެ ވިއްކާ ކަމުގެ ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައި ޑރ. އިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފައިސާ ކޮޅެއްގެ ދަހިވެތިކަމުގައި އައިޑީކާޑު ދޫކޮށް ނުލެއްވުމަށާއި އެގޮތުން ލިބޭ ފައިސާއަކީ އަލިފާންކަން ހަނދާނުގައި ބެހެއްޓެވުމަށެވެ.
Nama nama faisa kolheh ge dhahivethi kamugai ID card dhookoh nulavvaasheve. Egothun libey faisa aky alifaan kan handhaanugai bahattavaasheve.
— Dr Mohamed Iyaz (@dr_iyaz) September 13, 2018
އިޔާޒު މިގޮތަށް ޓްވީޓު ކުރައްވާފައިވާ އިރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވެސް ވަނީ ލާރިއަށް އައިޑީކާޑް ވިއްކުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޒައިދު ވިދާޅުވީ ލާރިއަށް އައިޑީކާޑް ވިއްކުމަކީ ހުއްދަ ކަމެއް ނޫން ކަމުގައި އެންމެހާ ފަރާތްތަކުގެ މައުލޫމާތައް ޓަކައި ދަންނަވާ ކަމަށާއި ރިޝްވަތަކީ ބޮޑުވެގެންވާ ލައުނަތް ހުރި ހަރާމް ކަމެއް ކަން ވެސް ހަނދާންކޮށްދޭ ކަމަށެވެ.