ގުޅިފައިވާ ސިޔާސީ ޕާޓީތަގެ ފަރާތުން މި އިންތިހާބުގައި ވާދަކުރާކުރައްވާ އެމްޑީޕީގެ ކެނޑީޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މިރޭ މާމިގިލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 9:30 ގައި މާމިގިލި ބަނދަރު ސަރަހައްދުގައެވެ. ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އުފަން ރަށުގައި ބާއްވާ މި ޖަލްސާ ވެގެންދާނީ މި އިންތިހާބުގެ ކެމްޕެއިންދަތުރުފުޅުތަކުގެ ތެރެއިން އަތޮޅުތެރޭ ބޭއްވޭ އެންމެ ބޮޑު ޖަލްސާއަށެވެ. މައުލޫމާތު ލިބިފައިވާއިރު، މި ޖަލްސާގައި ގިނަ އަދަދެއްގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުން ބައިވެރިވަޑައިގަންނަވާނެއެވެ.
މިޖަލްސާގައި ވީހާވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވުމަށް ވަނީ ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
މިއީ ޅ. ހިންނަވަރާއި އދ. މާމިގިލީ ހިމެނޭ ގޮތަށް ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ބާއްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާއެވެ.މިއަދު ފެއްޓެވި ދަތުފުޅުގައި އއ. ތިން ރަށަކަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން ތޮއްޑޫ އާއި ރަސްދޫ އާއި މަތިވެރިއަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިއީ އއ. އަތޮޅުގައި ކޯލިޝަނަށް ވަރަށް ބޮޑު ތާއީދެއް އޮންނަ ތިން ރަށެވެ.
މާދަމާ އދ. ގެ އެހެން ބައެއް ރަށަތަކަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ދިގުރަށާއި މަހިބަދޫ އާއި ބޮޑުފުޅަދޫއެވެ. އަދި މާދަމާ މެންދުރު ފަހު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޅ. އަތޮޅަށް ވަޑައިގަންނަވާނެއެވެ. އަދި އިބޫގެ އުފަން ރަށް، ހިންނަވަރުގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.
އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރައްވާ ކާށީދޫ ދާއިރާގައި ހިމެނޭ ކާށިދޫ އާއި ގާފަރަށް އިބޫ ހޮނިހިރު ދުވަހު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު އެމަނިކުފާނު ދަތުރުފުޅު ފެއްޓެވިއިރު ނ. އަތޮޅާއި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައިއެވެ.