ޅ. ހިންނަވަރުގައި ކުރިން ކުނި އެޅުމަށް ބޭނުންކުރި ސަރަހައްދުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ނިއްވާލައިފިއެވެ.
އެ ހާދިސާގެ ރިޕޯރޓް ޅ. ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ދަންވަރު 3:23 ހާއިރުއެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއިއެކު ފަޔަރމަނުން ގޮސް އަލިފާންގަނޑު ނިއްވާލި އެވެ. އެކަމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށިން ވެސް ސިފައިންގެ ޓީމެއް ހިންނަވަރަށް ގޮސް ހަރަކާތްތެރިވެފައެވެ.
ގޮނޑުގައި ރޯވި އަލިފާންގަނޑު ފެތުރުނަނުދީ ފެން ޖަހައިގެން ކޮންޓްރޯލްކޮށްފައި ވަނީ ފަތިހު 5:00 ހާއިރުއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގޮނޑުގެ ފާރަށާއި ކައިރީގައި ހުރި ބައެއް ގަސްގަހަށް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ.