ގުޅިފައިވާ ޕާރޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މާފަންނު މެދު ދާއިރާގައި ދޮރުން ދޮރަށް ހިންގަވައިފިއެވެ.
އެމަނިކުފާނު މާފަންނު މެދު ދާއިރާއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ދާއިރާއިން ވަނީ ވަރަށް ހޫނު މަރްހަބާއެއް ދަންނަވާފައެވެ. ދޮރުން ދޮރަށް ހިންގެވުމުގައި އެ މަނިކުފާނާއެކު އެމްޑީޕީ އާއި ގުޅިފައިވާ ޕާރޓީތަކުގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ
އެގޮތުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް އާއި،ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ދޮރުން ދޮރަށް ހިންގެވުމުގައި އެ މަނިކުފާނުވަނީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސްމައުމޫންގެ އާއިލާ ދިރިއުޅުއްވާ ގެއަށް ވަޑައިގެން އެ އާއިލާއާއި ވެސް ބައްދަލުކުރައްވާފައެވެ. އިބޫ މާފަންނު ދެކުނު ދާއިރާގައި ދޮރުން ދޮރަށް ހިންގަވާފައިވާއިރު،އެ ދާއިރާގެ ރައްޔިތުންވަނީ އެ މީހުންގެ ޝުއޫރުތަށް އެ މަނިކުފާނާއި ހިއްސާކުރައްވާ އެ މީހުންގެ ލޯބި އޮތްވަރު އެމަނިކުފާނަށް ދައްކާލާފައެވެ.
ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު ގުޅިފައިވާ ޕާރޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ވަނީ މިހާތަނަށް ހއ. އަތޮޅު ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ވަޑައިގެން އެ ދާއިރާތަކުގެ ރއްޔިތުންގެ ހާލު އަހުވާލު ބައްލަވާ،އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންތަށް އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން މި ހަފްތާ ތެރޭގައި އެމަނިކުފާނު އަތޮޅުތަކުގެ ތެރެއިން އެމަނިކުފާނުގެ ފަހު މަންޒިލް ހއ. އަތޮޅަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.