ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
އަހުމަދު އެމްޑީޕީއަށް ސޮއި ކުރެއްވީ ހުވަދު އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދީއްތަ ދުވަހު ކޮނޑޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަހުމަދަކީ އަމިއްލަ ގޮތުން ކޮނޑޭ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ.
ކޮނޑޭ ކައުންސިލްގެ ރައީސްއާއެކު، އެ ރަށުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންތަކެއް ވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. އެގޮތުން ރަށުގެ ވިޔަފާރިވެރިއަކާއި ބައެއް ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ހިމެނެއެވެ.
ކޮނޑޭ ކައުންސިލްގެ ރައީސްއާއެކު ރަށުގެ އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުމަދު ނަޒްމީން ވެސް އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނިކޮށެވެ. ނަޒްމީން އެމްޑީޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި ގެމަނަފުށީގެ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ އެމްޑީޕީއަށް ސޮއި ކޮށްފައެވެ.