އޭނާ އާއި އާއިލާގެ ބަރުދަނަށް ރަނާއި ޖަވާހިރު ދިނަސް އަނިޔާވެރި މުޖުރިމަކަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ފަޅައިއަރުވާލި އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އާއި އަނބިދަރިންގެ ބަރުދަނަށް ރަނާއި ޖަވާހިރާއި ޔާގޫތު ދިނަސް އަނިޔާވެރި ޚިޔާނާތްތެރި މުޖުރިމަކަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.
ސަރުކާރުގެ ޚިޔާނާތްތަކެއް ފަޅާއަރުވާލި އޮޑިޓް ރިޕޯޓެއް ނެރުމާއެކު ޤާނޫނަށް ގެނައި އިސްލާހަކުން މަޤާމުން ވަކިކޮށްފައިވާ ނިޔާޒް ވިދާޅުވީ ދަރިންނަށްޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ އަދުލު އިންސާފު ޤާއިމު ކުރެވިފައިވާ އިންސާފަށް ލޯބިކުރާ މުސްލިމް މުޖުތަމައެއް ހޯދައި ދިނުން ކަމަށެވެ.
Alhugandaa alhuganduge anbidharinge barudhanah ranaa javahiraa yaagoothu dhinas aniyaaveri, khiyaanaaiytheri mujurimakah dheyne voteh noannaane eve. Dharinnattakaa kohdheveyne emme heyo kamakee dhulu insaafu qaaimukurevifaa insaafah loabikuraa Muslim mujuthamaeh hoadhai dhinumeve
— Niyaz Ibrahim (@niyaz_ibrahim) September 1, 2018
ނިޔާޒު ގެންދަވަނީ މަޤާމުން ވަކިކުރި ފަހުން ވެސް ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ރައްޔިތުންނަށް ހާމަ ކޮށްދެއްވަމުންނެވެ. ސިޔާސީ ފިއްތުންތަކާހުރެ ނިޔާޒްވެސް އުޅުއްވަނީ އަމިއްލައަށް އަރުވާލެއްވިގެން ރާއްޖެއިން ބޭރުގައެވެ.