ކ. މާލެ
|
1 ސެޕްޓެންބަރ 2018 | ހޮނިހިރު 14:33
ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ހަދިޔާ ކުރެއްވި ހުވަދޫ ބޮނޑި
ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ހަދިޔާ ކުރެއްވި ހުވަދޫ ބޮނޑި
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ގދ. ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ވަރުގަދަ 'ބޮނޑިއެއް' ދީފި
މި ބޮނޑީގެ ދިގުމިން ގާތްގަނޑަކަށް 5 ފޫޓަށް އަރާ
މިއީ ގަބުޅި އާއި ދިވެހި ހަކުރު ބޭނުން ކޮށްގެން ތައްޔާރުކުރާ ބޮނޑި
މި ބޮނޑި އިބޫ އަށް ހަދިޔާ ކޮށްފައިވަނީ އެމްޑީޕީ އަންހެން ކަނބަލުންގެ ފަރާތުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގދ. އަށާއި ގއ. އަށް ހުކުރު ދުވަހު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލަކީ ގދ. ވާދޫއެވެ. ވާދޫގެ ރައްޔިތުންގެ ފަރާތުން އިބޫ އަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެހެން ރަށްރަށެކޭ ވެސް އެއް ފަދައިން މި ރަށުގައި ވެސް ރަން ރީނދޫކުލައާ ގުޅިފައިވާ ހަތަރު ޕާޓީގެ ގުޅުން ރަމްޒުކޮށްދޭ ދިދަފަތިތަކާއި މާ ފަތިތަކުން ޒީނަތްތެރިކޮށްފައިވާތަން ފެނިގެން ގޮސްފައި ވެއެވެ. މާފައްޗަކަށް ފަހު މާފައްޗެއް އިބޫ އާއި ޓީމުގެ މެންބަރުންގެ ކަރުގައި އަޅުވަމުން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ. ނަމަވެސް ދައްކަން މިއުޅެނީ މެހުމާންދާރީގެ ވާހަކަ އާއި ކެއުން އިންތިޒާމްކޮށްފައިވާލެއް ފުރިހަމަކަމުގެ ވާހަކައެއް ނޫނެއެވެ.

މި ދަތުރުގައި އެންމެ ހާއްސަ ކަމަކަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއްކަމަކީ ދެ އަންހެންކަނބަލުންނާއި އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ މެންބަރު ގަސަމު އެކުގައި ނަގާފައިވާ ފޮޓޯއަކުން ފެންނަ، ރީނދޫކުލައިގެ ފޮތިގަނޑެއް އޮޅާފައިވާ ބޮނޑިއަކަށެވެ. މި ބޮނޑި ހާއްސަވާ ވަރަށް ގިނަ ސިފަތަކެއް އެބަހުއްޓެވެ. ބޮނޑީގެ ދިގު މިނުން އެކަނި ވެސް އެ މަސައްކަތުގެ ބުރަކަން އިހުސާސް ކުރެވެއެވެ. ހަގީގަތުގައި ވެސް މިއީ ބުރަ މަސައްކަތެކެވެ.

ބޮނޑި ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ ރާއްޖެއެމްވީ

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ވާދޫ އަންހެން ކަނބަލަކު ބުނީ، އެ ބޮނޑިއަކީ ގާތްގަނޑަކަށް އިބޫގެ އިސްކޮޅާ އެއްވަރަށް، އެމްޑީޕީގެ ސަޕޯޓަރެއް ކަމަށްވާ އާމިނަތު މޫސާގެ އިސްނެގުމުގެ މަތިން ތައްޔާރުކޮށްފައިވާ ބޮނޑިއެއް ކަމަށެވެ. މި ބޮނޑި ހަދިޔާކޮށްފައި ވަނީ އެރަށު އެމްޑީޕީ އަންހެން ކަނބަލުންގެ ފަރާތުން އައިމިނަތު މޫސާ އާއި، އައިމިނަތު ކަމާލެވެ.

ބޮނޑި ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ ރާއްޖެއެމްވީ

މި ބޮނޑި ތައްޔާރުކޮށްފައި ވަނީ އިބޫގެ ޓީމުން ވާދޫ އަށް ވަޑައިގެންނެވި ދުވަހުގެ ކުރީ ދުވަހުގައެވެ. އެއް ދުވަހުގެ ބުރަ ބޮޑު މަސައްކަތެކެވެ. ގަބުޅި ހުންޏާއި، ދިވެހި ހަކުރު ބޭނުންކޮށްގެން ތައްޔާރުކުރާ މި ބޮނޑި ބޭރުގައި ހުންނަނީ ފަތް އޮޅާފައެވެ. ވާދޫގައި ތައްޔާރުކުރާ މިބާވަތުގެ ބޮނޑިއަކީ ރަހަ މީރު މުޅި އަތޮޅަށް ވެސް މަޝްހޫރު ހުވަދޫ ބޮނޑިއެކެވެ.

ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ހަދިޔާ ކުރި ހުވަދޫ ބޮނޑި
- ކޮމެންޓް
1 ސެޕްޓެންބަރ 2018 | ހޮނިހިރު 17:22
ވާދޫ މީހާ
މީ ފިސާރި ކަނބަލުން އަކީ..