މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ހައްޔަރު ކޮށްފިއެވެ.
ނަން ހާމަނުކުރުމަށް އެދި ރާއްޖެ އެމްވީ އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނީ އަހުމަދު ސަމީރު ހައްޔަރުކުރީ ހުކުރު ދުވަހުގެރޭ 9:00 ހާއިރު ކަމަށެވެ.

ޕީޕީއެމް ޓިކެޓްގައި ކައުންސިލަށް ހޮވިފައިވާ ސަމީރު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ފެރީ ޓާރމިނަލް ތެރެއިން ކަމަށާއި ފުލުހުން އޭނާ ކައިރިއަށް ދިއުމުން އޭނާގެ އަތުގައި އޮތް ރަބަރު ޕެކެޓެއް އެއްލައިލި ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.