ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް ތާއީދުކުރާ ފަރާތްތަކަކުން ހުޅުމާލެ އިރުމަތީ ފަރާތުގެ ފަރު މައްޗަށް ޕީޕީއެމްގެ ދިދަތައް ޖެހި މައްސަލަ ފެންމަތިވެއްޖެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޕީއެމްގެ ދިދަތަކެއް ވަނީ ދަގަނޑު ހޮޅިއާއެކު ފަރުމައްޗަށް ޖަހާފައެވެ. މިއީ ފަރަށް ގެއްލުން ލިބޭ ކަމަކަށްވާއިރު، ޕީޕީއެމްގެ މިއަމަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން މިހާރު ވަނީ އަމާޒުވެފައެވެ.

މިމައްސަލައާ ގުޅިގެން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ފަރުމައްޗަށް ދަގަނޑު ހޮޅިއާއެކު ދިދަ ޖެހި މައްސަލަ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، މިމައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ކެމްޕޭނާއި ގުޅުވައި ތަފާތު އެތަށް ހަރަކާތްތަކެއް ކުރިއަށްގެންދާއިރު، ކެމްޕޭންގެ ތެރޭގައިނަމަވެސް ޤާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރުމަކީ ކުށެވެ.