ކޮލަމާފުށިން 15 މީހުން ހައްޔަރު ކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން ގއ.ކޮލަމާފުށީގެ ކައުންސިލް މެމްބަރު އިބްރާހިމް ވަހީދު ވިދާޅުވީ، 15 މީހުން ހައްޔަރު ކޮށްފައިވާކަން އެނގޭ ކަމަށެވެ.
މިކަމާ ގުޅިގެން ހައްޔަރު ކުރަމުން ދަނީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ކޮލަމާފުށި ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ދިދަފަތި ދެމުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ވަނީ އެކަމަށް ހުރަސްއަޅަން މަސައްކަތް ކޮށްފައެވެ. އެގޮތުން ދެ ފަރާތުގެ ދެމެދުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ބައެއް ސަޕޯޓަރުންނަށް އަނިޔާ ވެސް ލިބިފައިވެއެވެ.
ކައުންސިލް މެންބަރު ވިދާޅުވީ، މިހާތަނަށް ހައްޔަރު ކޮށްފައިވަނީ އެރަށު އަބްދުﷲ ރަޝީދާއި އަހުމަދު ސަލީމާއި ނިޔާޒު ހުސައިން އާއި ހުސައިން ފަރުހަތާއި އަހުމަދު ވަހީދާއި މަހްތޫމް އިސްމާއިލް އާއި އައްބާސް އަބްދުﷲ އާއި އަހުމަދު ރައޫފާއި ހަސަން ނަޖީބާއި މުސްލިމް ނަޖީބާއި ޒިޔާދު ރަޝާދާއި މުހައްމަދު ރަޝީދާއި ރަޒީނު ހުސައިން އާއި އަހުމަދު ޝުޒާން އާއި ޝަހުދު މުހައްމަދުއެވެ.