މާފަންނު ސަރަހާ ކައިރީގައި މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 9:10 އެހާކަންހާއިރު ކަމަށާއި އެ މާރާމާރީގައި ޒަހަމްވި ތިން މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ.
އެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެއެވެ.
އަންގާރަ ދުވަހުގެ ރޭ މާލޭގައި މާރާމާރީއެއް ހިންގާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ވަނީ މާލޭގައި މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައި ވެސް ޒުވާނަކު ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. ޒަހަމްވި ޒުވާނާގެ ސިކުނޑިއަށް ލޭ އެޅި، އޭނާއަށް ދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންނެވެ.