ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 18:38
ލ.ގަމު މަތިމަރަދޫ އަވަށުގެ ކޯޑި ކުޅިވަރުގެ ތެރެއިން
ލ.ގަމު މަތިމަރަދޫ އަވަށުގެ ކޯޑި ކުޅިވަރުގެ ތެރެއިން
ރާއްޖެއެމްވީ
އަޟްޙާ ޢީދު
ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު
 
ކޯޑި ކެނޑި މީހާ ހޯދުމަށް ފަހު އެނާގެ ގައިގައި އަޅުދެލި ކުރަހާނެ
 
އަހެންވެެރިން ކޯޑި ކަނޑާނެ މީހެއް ހޯދުމަށްފަހު ކޯޑި ކަނޑާނެ
 
ކޯޑި ނެރެ ދައްކާލުމަށްފަހު ފިރިހެންވެރިން ރުކެއްގައި ކޯޑި އެލުވަނީ

ކޯޑި އޭ ބުނުމުން އެއީ ކޯއްޗެއް ކަން ބައެއް މީހުންނަން ނޭގިދާނެއެވެ. އަޟްހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ރަށްތަކުގައި ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން "ކޯޑި ކުޅިވަރު" އަކީ އެންމެ ހާއްސަ ކުޅިވަރެއެވެ. ހައްދުންމަތީގެ ގިނަ ރަށްތަކުގައި އަޝްހާ އީދު ހާއްސަ ވަނީ ކޯޑި ކުޅިވަރާ އެކުގައެވެ.

ކޯޑިއަކީ އަޝްހާ އީދުގެ ތިން ވަނަ ދުވަހުގައި ފިރިހެންވެރިން ތައްޔާރުކުރާ އެއްޗަކެއެވެ. ރުކުގެ ފަންބޭނުންކޮށްގެން، ތައްޔާރުކުރާ ކޯޑިގައި ފަނުން ދޫނި ފަދަ ތަކަތި އެލުވާފައި ހުރެއެވެ. ބައެއް ރަށްތަކުގައި މިހާރު މިކަން ކުރަނީ އެކި ވައްތަރު ވައްތަރުގެ ރީތި ކަރުދާހުން އެއްޗެހި ހަދައިގެންނެވެ. އެހެންނަވެސް ގަމުގެ ކޯޑި އަދިވެސް ތައްޔާރުކުރަނީ އިހުޒަމާނުގައި އެކަން ކުރާ ގޮތަށެވެ.

ލ.ގަމު މަތިމަރަދޫ އަވަށުގެ ކޯޑި ކުޅިވަރުގެ ތެރެއިން

ކޯޑި ހެދުމަށްފަހު ގަމު މަތިމަރަދޫ އަވަށު ފިރިހެންވެރިން ކޯޑި ހިފައިގެން ނުކުންނަނީ ބެރަށް ފައި ހަމަކުރަމުންނެވެ. ކޯޑި ޖަހަން ފިރިހެން ވެރިން ރަށުގެ މަގުތަކުގައި ހިނގާއިރު، ކޯޑި ކުޅިވަރަށް ހާއްސަކޮށްފައިވާ އިހުގެ ކޯޑި ލަވަތައް ކިޔައެވެ. ބޮޑުބެރާއިއެކު ކޯޑި ހިފައިގެން ހިނގާއިރު ބައެއް ފިރިހެންވެރިން ބެރަށް ފައި ހަމަކުރުއެވެ. ކޯޑި ނެރެ ދައްކާލުމަށް ފަހު މަތިމަރަދޫ އަވަށުގައި ކޯޑި އެއަވަށުގެ އަންހެންވެރިންގެ ބޮލުގައި ޖަހައެވެ. "ކޯޑިއޯ" އޭ ކިޔާފައެވެ. އެއީ ޒަމާނުންސުރެ މިކަން ކުރާ ގޮތެއެވެ.

ލ.ގަމު މަތިމަރަދޫ އަވަށުގެ ކޯޑި ކުޅިވަރުގެ ތެރެއިން

ކޯޑި ނެރެ ރަށުގެ ބައެއް މަގުތަކުގައި ކޯޑި ހިފައިގެން ހިނގުމަށް ފަހު، ފިރިހެން ވެރިން ބިލައްދަފި ނަގެއެވެ. އެއަށްފަހު ރަށުގެ ކުދި ބޮޑު އެންމެން ކުރިމަތީގައި ކޯޑި ރުކެއްގައި އެލުވައެވެ. ދެން އޮންނާނީ ރަށުގެ އަންހެންވެރިން އެ ކޯޑި ކަނޑާނެ ފިރިހެނެއް ހޯދުމެވެ. އަންހެވެރިން ކޮންމެ ގޮތެއް ހަދާފައި ވެސް ކޯޑި ކަނޑާނެ މީހެއް ހޯދާނެއެވެ. ކޯޑި ކަނޑާލުމުން ފިރިހެންވެރިން ކޯޑި ޝަރީއަތް ކުރިއަށް ގެންދާނެއެވެ. ކޯޑި ކެނޑި މީހެއް ހޯދުމަށެވެ. ޝަރީއަތުން ކޯޑި ކެނޑި މީހާއަށް އަދަބެއްގެ ގޮތުން އެނާގެ ގައިގައި އަޅިދެލިން ކުރެހުމަށްފަހު ރަށުގެ މަގުތަކުގައި ގަން ހިންގުމަށް ހުކުމް ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހުން 7 ދުވަހަށް ބަންދު
3 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި