ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 21:03
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު
މުހައްމަދު ޝަރުހާން
ކަސްޓަމްސް
ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި
 
މި ވާރޝަން ބޭނުން ކުރުމުގެ ތަފާތު އެތައް ފައިދާތަކެއް އަބަހުރި
 
"އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް

ކަސްޓަމްސްގެ އިމްޕޯޓް އެކްސްޕޯޓްގެ ލިޔުންތައް ނިންމުމާއި މުދާދޫކުރުމުގެ މަސައްކަތަށް ބޭނުންކުރާ އެންމެ ފަހުގެ ވާރޝަން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި އެވެ.

 

ބައިނަލް އަގްވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ހަފްލާގައި "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

 

މި ހަފްލަގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ  އަސިކުޑާ ވޯލްޑަކީ ކަސްޓަމްސް ޑިކްލްރޭޝަންތައް ނިންމުމާއި މުދާ ކްލިއަރ ކުރުމާއި ގުޅޭ ކަންތައްތައް ހިންގުމަށް ބޭނުންކުރާ ޒަމާނީ އެޕްލިކޭޝަނެއް ކަމަށެވެ.

 

އަދި މިއީ ކަސްޓަމްސްގައި މީގެ ކުރިން ބޭނުން ކުރަމުން ދިޔަ އަސިކުޑަ ޕްލަސް ޕްލަސްގެ އެންމެ ފަހުގެ ވަރޝަން ކަމަށާއި  މި ވާރޝަން ބޭނުން ކުރުމުގެ ތަފާތު އެތައް ފައިދާތަކެއް އަބަހުރި ކަމަށެވެ.

 

އެގޮތުން މި ސޮޕްޓްވެއަރ ބޭނުން ކުރުމުގެ ސަބަބުން މަސައްކަތްތައް ހަލުވިވެ އަދި ޚިދުމތް ލިބިގަންންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަ އަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރ ކުރުމަށް މިހާރު މިބެނުންކުރާ ނިޒާމަށް މި ގެނެވުނު ބަދަލުގެ ސަބަބުން ލިޔެ ކިޔުން ނިންމުމަށް ހޭދަވާ ވަގުތު މަދުކުރެވި މުދާ މިހާރަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގުފަހި ވެގެން ދާނެ ކަމަށެވެ.

 

އަދި ވިޔަފާރިވެރިންނާއި ބްރޯކަރުންނަށް އެފަރާތްތަކުގެ އޮފީހުގައި ނުވަތަ ގޭގައި ތިބެގެން މުދާ ކްލިއަރ ކުރުމަށް މަގުފަހުވެގެން ދާނެ ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުން ކުރާ ސިންގަލް ވިންޑޯ ނިޒާމަށް ދިއުމަށް މަގުފަހުވެ  މަސައްކަތް އެގޮތަށް ބައްޓަން ކުރެވިގެން ދާނެ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް