ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 11:39
ރެފިއާ ހަރުފައެއް ނިންދެވުމަށް މަސައްކަތް ކުރަނީ
ރެފިއާ ހަރުފައެއް ނިންދެވުމަށް މަސައްކަތް ކުރަނީ
ރޮއިޓަރސް
ހަރުފަ ނިންދަވާ މީހެއް
ހަރުފަ ނިންދަވާ މީހެއްގެ ވާހަކަ އަޑު އެހިންތަ؟
29 އަހަރުގެ ރެފިއާ އަތުގައި 13 ހަރުފަ އޮވޭ
އޭނާގެ އުއްމީދަކީ ދުނިޔޭގެ ފެންވަރުގައި މިކަން ކުރުން

އިޖިޕްޓް ޕްރިމިއަރ ރެޑް ސީ ރިސޯޓްސް އޮފް ޝަރްމް އަލް ޝެއިޙްގައި މަސައްކަތްކުރާ އަމިއާ އެލް ރެފިއާ އަކީ ދުނިޔޭގައި ތިބި އެންމެ ނުރައްކާތެރި ހަރުފަ ނިންދަވާ މީހެކެވެ.

ރެފިއާ މިގޮތަށް ހަރުފަ ނިންދަވާތާ 5 އަހަރުވެފައިވާއިރު އޭނާ ބުނެފައިވަނީ އިންސާނުންނަށްވުރެ، ޖަނަވާރުންއާއި އޭނާ މާ ގާތް ކަމަށެވެ.

ހަރުފައަކީ ބިޔަ ބޮޑު އެއްޗަކަށްވާއިރު އޭތި ހިފުމާއި އެއެއްޗެހި ގެންގުޅުމުގެ އުކުޅުތައް ދަސްކުރަން ޖެހޭނެ ކަމަށް ރެފިއާ ބުނެފައިވެއެވެ.

ރެފިއާ މިގޮތަށް ނަންނުގަތި ނިންދަވާތާ 5 އަހަރު

އޭނާ ހަރުފައިގައި ހިފާއިރު އެންމެ ފުރަތަމަވެސް ހިފަނީ ނިގުލުގައި ކަމަށާއި އަދި މަޑު މަޑުން ކައިރި ކުރަމުންދާއިރު ހަރުފަ މަޑުމައިތިރި ކުރުމަށް އޭނާ ދެން ބޭނުންކުރާ އުކުޅަކީ އިންޑިއަން މިއުޒިކެވެ. އަދި ހަރުފައިގެ ބޯ އޭނާގެ ނިއްކުރީގައި ޖެއްސުމުގެ ކުރިން ވަގުތުން ހަރުފައިގެ ލޮލަށް ބެލުމަށްފަހު މަޑުމަޑުން ބިންމަތީގައި ބާއްވައެެވެ. އެއަށްފަހު ހަރުފައަށް ނިދޭގޮތްވެއެވެ.

29 އަހަރުގެ ރެފިއާ އަތުގައި 13 ހަރުފަ އޮންނައިރު އޭނާގެ އުއްމީދަކީ އަހަރުތަކަކަށްފަހު އިޖިޕްޓުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމާއި އެކު 'ސްނޭކް ޗާމިން'ވެސް މަޝްހޫރުވެގެންދާނެ ދުވަހަކަށެވެ.

ޝަރްމް އަލް ޝެއިޙްގައި ވެގެންގޮސްފައިވަނީ ހަލުވިކަމާއި އެކު ފަތުރުވެރިކަން ކުރިއަރައިގެން އަންނަ ތަނަކަށްވާއިރު، އިޖިޕްޓްގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ހަތަރު ވަނަ ތަނަކަށް ޝަރްމް އަލް ޝެއިޙް ވަނީ ވެފައެވެ.

ރަފެއާ ބުނެފައިވަނީ އޭނާ ދެކޭ ހުވަފެނަކީ އިޖިޕްޓުން ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވާނެ ދުވަހަކަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް