ގަވާއިދާ ހިލާފަށް މާލޭގެ މަގުތަކުގައި ޕާކް ކުރުމުގެ ސަބަބުން ޓޯވކޮށްފައިވާ 40 ވެހިކަލެއް، އޭގެ ވެރިފަރާތްތަކުން 60 ދުވަހުގެ ތެރޭގައި ހަވާލު ނުވެއްޖެ ނަމަ ނައްތާލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ކޮށްފައިވަ އިއުލާނެއްގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ ވެހިކަލެއް ތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށެވެ.
Tow Iulaan: D1(b3)/2018/56 pic.twitter.com/T4CEUcJJxt
— Maldives Police (@PoliceMv) July 31, 2018
އެހެންކަމުން އެ ވެހިކަލުތަކުގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އެ ވެހިކަލްތަކާއި ހަވާލު ނުވެއްޖެނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ފުލުހުން އެ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ އިއުލާންގައި ވެއެވެ.
އެ އިއުލާނުގައިވާ ގޮތުން އެ ލިސްޓްގައި ހިމެނެނީ 32 މޮޓޯ ސައިކަލާއި 05 ކާރު އަދި 03 ބައިސިކަލެވެ.