މަސްތުވާތަކެތީގެ ދެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އެ ދެ މީހުން ހޯދަމުން ދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، މިލްކޯރާގެ، މޫސާ ޙުސައިން (32އ) އާއި ސ.ހިތަދޫ، ޚަރުދަލުގެ، ޢަބްދުﷲމަނިކުފާނު (37އ) ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ދެ މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށެވެ.
މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.