ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން, ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އެ ދެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، މިލްކޯރާގެ، މޫސާ ޙުސައިން (32އ) އާއި ސ.ހިތަދޫ، ޚަރުދަލުގެ، ޢަބްދުﷲމަނިކުފާނު (37އ) އެެވެ.
ފުލުހުން ވަނީ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާ ކުރެއްވުމަށް އެދިލައްވާފައެވެ.