އދ. އަތޮޅު މަންދޫގެ ކެމްޕެއިން ޓީމާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ ތާއިދު ހޯދުމަށް ގުޅިފައިވާ ޕާޓީތަކުން އދ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން، އެ އަތޮޅު މަންދޫއަށް ވަޑައިގެން އެރަށުގެ ކެމްޕެއިން ޓީމާ ފައިސަލް ބައްދަލުކުރެއްވީ ހޯމަ ދުވަހު ހެނދުނެވެ. ފައިސަލް އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މަންދޫއަށް ވަޑައިގަތުމުން، އެރަށުން ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ކެމްޕެއިން ހަރަކާތައް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި، ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުންނެވެ.
މި ދަތުރުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަކުނަދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އަދާމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ.
Coalition candidate @ibusolih ge running mate @FaisalNasym adhi campaign team ADH Mandhoo ah vadaigenfi⁰#RiyaaseeRace2018 #IbuFaisalADH pic.twitter.com/cIJlTLJGki
— RaajjeTV Live (@RaajjeTVLive) July 30, 2018
ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ މަންދޫ، ފެންފުށީ، ދިއްދޫ، ދިގުރަށަށެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ. ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އުފަން ރަށް ކަމަށްވާ މާމިގިއްޔަށް ފައިސަލްގެ ޓީމް ޒިޔާރަތްކުރުމުން އެރަށުގެ ރައްޔިތުން ޙޫނު މަރުހަބާއެއް ކިޔާފައިވާކަން ފާހަގަކޮށްލެއެވެ.