އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާ ރީ-ރަޖިސްޓްރޭޝަން ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އޮޅުވާލައިގެން ރީ-ރަޖިސްޓްރީ ކުރާކަމުގެ ޝަކުވާތައް ބޮޑުވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ބުނީ، ރީ-ރަޖިސްޓްރޭޝަން ފޯމް ހުށައެޅުމުގައި އޮޅުވާލުންތައް ހުރިކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ވެސް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން އެ ކޮމިޝަނަށް ހުށައެޅޭ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަންދޭކަމަށެވެ.
Re-registration form hushaelhumugai, olhuvaalunthah huri kamuge shakuvaa libemundhaathee, Commission ah husha elhey hurihaa form ehge sahhakan kashavaru kuraane kamuge furihama yageenkan aruvameve
— Elections Commission (@ElectionsMv) July 29, 2018
އޮޅުވާލައިގެން ރީ-ރަޖިސްޓްރީ ކުރާކަމުގެ ޝަކުވާތައް ލިބެމުންއަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ސަރުކާރުގެ މިނިސްޓްރީތަކުންނާއި ކުންފުނިތަކުން މުވައްޒިފުންނަށް މަޖުބޫރުކުރުވައިގެން ރީ-ރަޖިސްޓްރީކުރާކަމަށް މުވައްޒަފުން ގެންދަނީ ބުނަމުންނެވެ. އަދި ރަޖިސްޓްރީކުރަން ގެންނަ ފޯމުގައި ވޯޓުލާ މަރުކަޒުގެ ނަން ވެސް ޖަހާފައި ނޯންނަކަމަށާއި، ވޯޓުލާ މަރުކަޒު ވެސް ކަނޑައަޅަނީ މިނިސްޓްރީތަކާއި ކުންފުނިތަކުގެ އެޗްއާރު ޑިޕާޓްމެންޓުންކަމަށް މުވައްޒިފުން ދަނީ ބުނަމުންނެވެ.
އޭގެ އިތުރުން ރީ-ރަޖިސްޓްރޭޝަންގެ ކަންކަން މިނިސްޓްރީތަކުން ކުރިއަށްގެންދާތީވެ ގިނަ ބަޔެއްގެ ފާޑުުކިޔުންތައް ސިވިލް ސާރވިސް ކޮމިޝަނަށް އަމާޒުވެފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.