ރާއްޖޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް) އިން ވަނީ އާދިއްތަ ދުވަހު މެންދުރު 12:30 އިން ހަވީރު 16:30 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.
ALERT WHITE
— Maldives Meteorology (@MetMaldives) July 29, 2018
INFORMATION:
Swell wave surges expected.
Area: Over the country
Period: 29/1230 hrs - 29/1630 hrs.
ISSUED: 1130 hrs 29 July 2018.
-MetService-
އުދައަރާނެ ކަމަށް ލަފާކުރި ނަމަވެސް މެޓް އޮފީހުން ބުނި ގޮތުގައި އާދިއްތަ ދުވަހާއި އަދިއްތަ ދުވަހުގެ ރޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެއެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އޮފީހުން ބުނެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތައް:
އުތުރު: 13:31
މެދުތެރެ:14:18
ދެކުނު: 14:50