މާލެ އަތޮޅު ވާދޫ ރިސޯޓް ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ ލޯންޗުގައި އެއްވެސް މީހަކު ހުރި ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އާޒިމް ވިދާޅުވީ ލޯންޗް ބަންޑުން ޖަހާލިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެރޭ 11 ޖެހިއިރު ކަމަށާއި ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ދީފައިވަނީ މާލެއިން ފުރައިގެން އަނަންތަރާ ރިސޯޓަށް ދަތުރުކުރި "ޝާހީ 3" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.