ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 08:27
ރާއްޖޭގެ ޖަޒީރާ ރަށެއް - ރާއްޖެ އެކުލެވިފައިވަނީ ޖަޒީރާ 1192 ރަށެއްގެ މައްޗަށް
ރާއްޖޭގެ ޖަޒީރާ ރަށެއް - ރާއްޖެ އެކުލެވިފައިވަނީ ޖަޒީރާ 1192 ރަށެއްގެ މައްޗަށް
ގޫގުލް
ރިިޔާސީ އިންތިޚާބު 2018
އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން
 
ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ވައުދުވެފައިވަނީ ކައުންސިލްތަކުގެ ބާރު ކައުންސިލްތަކަށް ދިނުމަށް
 
ރައީސް ޔާމީންގެ ސަރުކާރު އައުމާއެކު މިކަން ބަދަލުކުރުމަށް އެމަނިކުފާނު އަވަސްވެގަތް
 
ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމަކީ ޖަޒީރާވަންތަ ރަށްވެހި ދިރިއުޅުމެއް

ހިންދު ކަނޑުގައި އުކާލެވިފައިވާ 1192 ރަށުގެ މައްޗަށް އެކުލެވޭ މާކަނޑުގެ ބިޔަ މި ދިވެހިރާއްޖެއަކީ ޖަޒީރާވަންތަ ސިފަތަކުން ޖަރީވެފައިވާ ގައުމެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް ލައްކަ ބަޔަކު މި ރާއްޖެއަށް ކޮންމެ އަހަރަކު ޒިޔާރަތްކުރަނީ ގުދުރަތުގެ މި ފުރިހަމަ ނިޒާމުން މި ރާއްޖެއަށް ލިބިފައިވާ ރީތި ސިފަތައް ހަމަ ލޮލުން ދެކިލުމަށެވެ. ރާއްޖޭގެ އެތައް އާއިލާއެއްގެ ދިރުމާއި ގުޅިފައިވަނީ މާކަނޑުން މާތް ރަސްކަލާނގެ ދެއްވާ ރޯއްޖަށެވެ. ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމަކީ ޖަޒީރާވަންތަ ރަށްވެހި ދިރިއުޅުމެކެވެ. އެކަން އަދިއަދާ ހަމަޔަށް ވެސް އޮތީ ބަދަލުވުމެއް ނެތިއެވެ.  

އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު އައުމާއެކު މިކަން ބަދަލުކުރުމަށް އެމަނިކުފާނު އަވަސްވެގަތެވެ. ރާއްޖޭގެ ގުދުރަތީ މުއްސަދިވަންތަ ކަމުގައި ހިމެނޭ ފަޅުތަކާއި ގިރިޔާއި ހާހަލާއި ފަރުތަކުގެ އިތުރަށް ރަށްރަށް ވެސް ބޭރުގެ ފަރަންޖީންނަށް ވިއްކާލެއްވީއެވެ. ދައްކަން މިއުޅެނީކީ އެވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހަޅާފައިވާ ޖަޒީރާ މެނިފެސްޓޯގައި ހިމާނާފައިވާ ޖަޒީރާވަންތަ ކަމުގެ ވައުދުތަކުގެ ފުރިހަމަ ކަމަށެވެ.

ރާއްޖޭގެ ވެރިކަންކުރާ ރަށަކަށް މާލެ ހެދުމާއި ހިސާބުން ފެށިގެން ރާއްޖޭގެ ރަށްތަކާއި ގުޅޭ ކަންކަން ކުރެވުމުންދިޔައީ ވެރިކަމުގެ އެތެރެ ކޮއިލުގެ ބަހެއް އޮވެގެންނެވެ. އެންމެ ކުޑަމިނުން ގޯތިތެރޭގައި ހުންނަ ގަސް ކަނޑާލުމަށް ވެސް މާލޭގައި ހުންނަ އެޓޯލްސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ. މިކަން ބަދަލުވެގެންދިޔައީ 2010 ވަނަ އަހަރުގެ މެއި މަހު ތަސްދީގު ކުރެވިގެންދިޔަ ލާމަރުކަޒީ ގާނޫނުގެ ސަބަބުންނެވެ. އެހެން ނަމަވެސް މި ސަރުކާރުން އެކަން އެއްކޮށް މިވަނީ ބަދަލުކޮށްފައެވެ. ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލައި އަނެއްކާ ވެސް މަރުކަޒީކޮށް ރާއްޖެ ހިންގަން މިވަނީ ފަށާފައެވެ.

އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ވައުދުވެފައިވަނީ ކައުންސިލްތަކުގެ ބާރު ކައުންސިލްތަކަށް ދިނުމަށެވެ. އެހެނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބަސް އަހައިގެން ވެރިކަން ކުރަން ލާމަރުކަޒީ ނިޒާމް ފިޔަވައި ވަކި ރަނގަޅު ނިޒާމެއް އެބައޮތްތޯއެވެ.

ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ހުރިހާ ދޮރެއް މިހާރުގެ ސަރުކާރުން ބަންދުކޮށްފައިވާއިރު ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއެކު އެމްޑީޕީއިން ވައުދުވަނީ އާއްމު ހިދުމަތްތަކުންނާއި، އެހިނިހެން ގޮތްގޮތުން ނެގެމުންދާ ފީތައް، މާލޭގައި އޮންނަ ސަރުކާރަށް ނުގޮސް ސީދާ ކައުންސިލްތަކަށް ނެގޭ ގޮތަށް ބަދަލު ގެނައުމަށެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކަށް ލިބޭ އާމްދަނީ އެތަކެއް ގުނައެއް ބޮޑުވެގެންދާނެއެވެ. އޭރުން ކައުންސިލްތަކުން ހުރަހެއް ނެތި އެރަށެއްގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެގެ ހުރިހާ ބާރެއް ލިބިގެންދާނެއެވެ. އެމްޑީޕީއިން ބުނާގޮތަށް "ހައިބަތާއި ގަދަރު ބޮޑު ޖަޒީރާވަންތަ" ކައުންސިލްތަކެއް އުފެދިގެންދާނެއެވެ.

ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ޔަގީންކުރުމަށް މިއަދު ރައްޔިތުން މިޖެހެނީ ސަލާން ޖަހާށެވެ. އެހެން ނަމަވެސް ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއެކު އެމްޑީޕީއިން ވައުދުވަނީ މިފަދަ ހިދުމަތްތައް ހަލުވި ކުރުމަށްޓަކައި މާލޭގައި ހިންގާ މަރުކަޒީ ކުންފުނިތަކުގެ މަސައްކަތް ސަރަހައްދުގެ ރަށްތަކުގެ ބައިވެރިވުމާއެކު އުފައްދާ ކުންފުނިތަކަށް ބަހާލާށެވެ. ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް އެންމެ ހަލުވި ސްޕީޑްގައި ރައްޔިތުންނަށް ލިބިގެން ދިޔުމެވެ.

އަބަދުވެސް ދިވެހިންގެ ތެރެއިން ވަކި ބަޔަކު ރާއްޖެއަކީ ނިކަމެތި ގައުމެއްގެ ގޮތުގައި ސިފަކުރަން މަސައްކަތްކޮށްފައިވެއެވެ. އެހެން ނަމަވެސް ގުދުރުތީ ގޮތުން ރާއްޖެއަކީ މުއްސަދި ގައުމެކެވެ. އެތަކެއް ވަސީލަތްތަކަކުން ފުރިފައިވާ ގައުމެކެވެ. ދިވެހިން ދިވެހިންގެ ގޮތުގައި މިއަދާ ހަމަޔަށް ދެމި ތިބީ މިފަދަ ވަސީލަތްތަކުގެ ބޭނުން ހިފައިގެންނެވެ. އެހެންކަމުން ޖަޒީރާ މެނިފެސްޓޯ ބިނާކުރެވިފައިވަނީ ފިތުރަތުގެ މި ފުރިހަމަ އުސޫލާ ހިލާފުނުވާ ގޮތަށް ވަށައިގެންވާ މާހައުލުގައި ހިމެނޭ ވަސީލަތްތަކުގެ ހަގީގީ ބޭނުން އެންމެ އެދެވޭ ގޮތުގައި ދިވެހީންނަށް ލިއްބައިދެވޭ ގޮތަށެވެ.

އެރަށެއްގެ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމާއި ކަނޑުފަޅާއި ފަރުފަދަ އެންމެހާ ގުދުރަތީ ވަސީލަތަކާއި އެ ތަންތަނުގައި ހިމެނޭ ހުރިހާ ދިރުމަކީ އެރަށެއްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ވަނީ ވައުދުވެފައެވެ. ކައުންސިލްގެ އިހްތިސާސްގައިވާ ރިސޯޓް ހިންގާ ރަށްރަށާއި ސިނާއީ މަސައްކަތް ހިންގާ ރަށްތައް މިކަމުން އިސްތިސްނާއެއް ނުވެއެވެ. ބިމުގެ ވިޔަފާރި އާއި އެހެނިގެން ވިޔަފާރިތައް ހިންގުމުގެ ހުރިހާ ބާރެއް އޮންނަނީ ކައުންސިލްގެ އަތް މަތީގައެވެ. އާހިރުގައި ހުރިހާ މަންފާއެއް ލިބޭނީ ކައުންސިލަށެވެ.

އެ ލިބޭ އާމްދަނީ ހަރަދު ކުރުމުގެ ހުރިހާ ބާރެއް އޮންނާނީ ކައުންސިލަށެވެ. ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަޑުއަހައި އެރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގެ ޒިންމާދާރު ވެރިޔަކަށް ވާނީ އެރައްޔިތުން ތިން އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ކައުންސިލަރުންނެވެ. ރަށުގެ ތަރައްގީގެ ހުންގާނުގައި ތިބޭނީ އެ ކައުންސިލަރުންނެވެ.

ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ރަށްތަކަށް ކޮށްދިނުމަށް ކަނޑައަޅާ ކަންކަން ކައުންސިލަށް ލިބޭ އާމްދަނީއިން ކުރެވޭނެ ކަމުގެ ފެހި ސިގްނަލް މިއަދު ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއެކު މިވަނީ ލިބިފައެވެ. ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޓައި އަޅާލައިގެން އާދޭސް ކުރަން ކުރާ ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ.

ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރު ދިވެހިންނަށް ނުލިބި ބޭރު މީހުންނާއި ރާއްޖެއަށް ނިސްބަތްވާ ބޮޑު ވިޔަފާރިވެރިންނަށް ލިބޭތާ މާ ގިނަ ދުވަސްވެއްޖެއެވެ. ރައްޔިތު މީހާއަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް މާލޭގައި އޮންނަ ސަރުކާރަށް ދައްކަން ޖެހޭ އުސޫލު ބަދަލުކުރެވެން އެބަޖެހެއެވެ. އިދާރީ ދާއިރާތައް ވަކިކުރެވި ގާއިމުކުރެވިފައިވާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމްގެ ފޮނިމީރުކަން ދިވެހިންގެ އަތުން ފޭރިގެންފައިވާއިރު އެ ނިޒާމް އަލުން އަނބުރާ އިޔާދަކުރެވެން އެބަޖެހެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
33%
67%
0%
ކޮމެންޓް
5 ޖުލައި 2018 | ބުރާސްފަތި 04:24
ބަނާނާ
ތިއެއް ނުހިގާނެ 1970 އެއް ނޫން
5 ޖުލައި 2018 | ބުރާސްފަތި 03:44
އައިސް
ތިއެއް މިހާރަކު ނުހިގާނެ
5 ޖުލައި 2018 | ބުރާސްފަތި 03:36
ޒަރީރު
ކަރަންޓައި ފެނަށް ސަލާންޖަހަން ޖަހަން ޖެހުނު ހަދާންވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ، އިންޖީނުގެތަށް ސުންނާފަތިވެ ބައެއްރައްރަށުގައި ހިންގާނެ ޖަނަރޭޓަރެއްނެތިގެން އުޅުނު ހަދާންވޭ ، ދެން ކައުންސިލްތަކުގެ ފައިސާ ސަރުކާރަށް ނަގާ ކައުންސިލްތަށް މާލީ ގޮތުން ތަޅު އެޅުވީވެސް އެމްޑީޕީގެ ސަރުކާރުގައި ، އޭރު ކައުންސިލްތަކުން ރަށުގެ ތަރައްގީ އަށް މުޑިއެއްވެސް ޖަހާފައި ނެތް . ނަމަވެސް މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން އުމްރާނީ ގޮތުން ކުރަްމުންދާ މަސައްކަތްތަކީ ހައިރާންވާވަރުގެ މަސައްކަތް ، ފައިސާ ހޯދާ ގޮތެއްނޭގެ ، ގައިމު އެގޭކަމަކީ މަސައްކަތް ކުރެވޭނީ ފައިސާ ލިބިގެންތާ ، ޝުކުރިއްޔާ