ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަތޮޅުތެރޭގެ ރަށްތަކުގެ ކެމްޕޭން ޓީމްތަކާއި ބައްދަލު ކުރައްވަން ފައްޓަވައިފިއެވެ.
ހޯމަ ދުވަހު އެމްޑީޕީ އޮފީހުގައި ގދ. ތިނަދޫ އާއި، އިހަވަންދޫ އާއި، ގއ. ވިނލިގިލީގެ އިތުރުން ފ. މަގޫދޫގެ ކެމްޕެއިން ޓީމްތަކާއި އިބޫ ވަނީ ބައްދަލު ކުރައްވައިފައެވެ. މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ ކެމްޕޭން ހަރަކާތްތައް ވަރުގަދަކޮށް، ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި މެދުގައެވެ.
#JazeeraRaajje Campaign
— MDP Secretariat (@MDPSecretariat) July 2, 2018
GA.Villingili bahdhaluvumeh kuriah dhanee pic.twitter.com/i3ZXJx2C7S
އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އިން އިބްރާހިމް މުހައްމަދު ސޯލިހު އެ ޕާޓީގެ ކެނޑިޑޭޓަކަށް އިންތިހާބު ކުރީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއް ނެތިދާނޭ ކަމުގެ ކަންބޮޑުވުމަށް އިޖާބަދެއްވުމުގެ ގޮތުން، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި 43,922 ވޯޓުން ހޮވާފައިވާ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދު، ކެންޑިޑެސީ ދޫކޮށްލެއްވުމަށް ނިންމެވުމާއިގުޅިގެންނެވެ. އޭރު އެމްޑީޕީން ވަނީ "ޖަޒީރާ ރާއްޖެ"ގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ފަށާފައެވެ.
Ihavandhoo Dhaairaa Majilis Membarun’aai MDP ge Riyaasee Candidate Hon.@ibusolih bahdhalu kurahvanee pic.twitter.com/9XdUmZBwzi
— MDP Secretariat (@MDPSecretariat) July 2, 2018
އެހެންކަމުން ހޯމަ ދުވަހު އިބޫ ވަނީ "ޖަޒީރާ ރާއްޖެ"ގެ ކެމްޕެއިން ޓީމުގެ ބައެއް މެންބަރުންނާއި ބައްދަލުކޮށް، ކެމްޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ނިންމާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އިބޫ އާއި އެކު ރިޔާސީ އިންތިހާބުގައި ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެކެވެ. ރަނިންމޭޓަކަށް ނުކުންނާނެ ބޭފުޅެއް ޖޭޕީން ކަނޑައެޅުމާއި އެކު، ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓިންތަކުން ވަނީ ބުނެފައެވެ.
MDP ge Riyaasee Candidate Hon.@ibusolih, Campaign Manager MP @aslamdp adhi Campaign Team aai bahdhalu kurahvanee#JazeeraRaajje pic.twitter.com/7M0XGIndeD
— MDP Secretariat (@MDPSecretariat) July 2, 2018