މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި، އޮފިޝަލުންނަށް އެދޭ ފޯމް އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓް އަދި ރަށު، އަތޮޅު ސިޓީ ފޯކަލް ޕޮއެންޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ.
މިފޯމް ފުރިހަމަ ކުރުމަށް ފަހު ފަރާތްތައް 19 ޖުލައި 2018ގެ ވާ ބުރާސްފަތި ދުވަހު 15:00 ކުރިން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔަރުވަމުން އަންނައިރު ކެނޑިޑޭޓުންނަށް އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ. ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދެ އެވެ.
އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.