އދ. ފެންފުށިން އުމުރުން 29 އަހަރުގެ ފިރިހެނެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހޯދަމުން ދަނީ އދ. ފެންފުށީ ޕޭންޒީގޭ، އުމުރުން 29 އަހަރުގެ އަދުނާން އަޙްމަދު ނަމަކަށް ކިޔާ މީހެކެވެ.
އެމްއެންޑީއެފްގެ މީޑިޔާ ކޯޑިނޭޓަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އާދީއްތަ ދުވަހު ހަވީރު 17:15 ހާއިރު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމީހާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ 23:30 ހާއިރުކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށެވެ. އަދި އޭރު އޭނާ ލައިގެންހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އޭނާއާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި ދެއްވުން އެދޭ ކަމަށެވެ.