ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް އިލެކްޝަންސް ކަމިޝަން(އީސީ)އިން އޮބްޒާވްކުރި ކަމަށް އެކަމިޝަނުން ބުނެފިއެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް ރާއްޖެއެމްވީއަށް ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް އޮބްޒާވް ކުރުމަށް އެ ކަމިޝަންގެ ލީގަލް އޮފިސަރަކު ހަރަކާތްތެރިވިކަމަށެވެ.
އަކްރަމް ވިދާޅުވީ ކޮންގްރެސްއާ ބެހޭގޮތުން އިތުރު އެއްޗެއް ހާމަ ކުރެއްވޭނީ އެމްޑީޕީން އެކަމުގެ މައުލޫމާތު އެ ކަމިޝަނަށް ހިއްސާ ކުރެއްވުމުން ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްގައި 800 އެއްހާ މަންދޫބުން ބައިވެރިވެފައިވާއިރު އެތައްސަތޭކަ މީހުން ވަނީ އއ. އުކުޅަހަށް ކޮންގްރެސްގައި ބައިވެރިވުމަށް ގޮސްފައެވެ. މި ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އިންތިހާބްކޮށްފައިވާއިރު ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ކަނޑައެޅުމަށް ވޯޓުދީފައިވަނީ 791 މަންދޫބުންނެވެ.