މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން 52 ޕަސެންޓްގެ ވޯޓުން ކާމިޔާބު ކުރައްވާނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫހް ހޫނު ރައްދެއް ދެއްވައިފި އެވެ.
މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް 52 ޕަސެންޓް ވޯޓް ޔަގީންވާނަމަ އަވަހަށް އިންތިހާބު ބާއްވަން ގޮވާލާ ކަމަށެވެ.
މީގެއިތުރުން ސަރުކާރަށް ނިސްބަތްވާ އިސްބޭފުޅަކަށް ނިހާނު ވެވަޑައިގަންނަވާތީ މަހުލޫފް ވަނީ ނިހާނަށް ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވާ މިއަހަރުގެ ސެޕްޓެމްބަރު މަހު 23 ގައި ރިޔާސީ އިންތިހާބު އޮންނާނެތޯ ނިހާނު އަރިހުން ޔަގީން ކޮށްލަން ބޭނުންވާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެތޯ ވެސް ނިހާނުގެ އަރިހުން ޔަގީންކޮށްލަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން މަހުލޫފް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާގޮތަށް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނާ، ނަތީޖާ އިއުލާން ކުރާނެތޯ ވެސް ނިހާނުގެ އަރިހުން ޔަގީން ކޮށްލަން ބޭނުން ކަމަށްވެސް މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
52% yageen vaanama avahah inthikhaabu baavan govaalan.
— ????? ??????? (@AhmedMahloof) July 1, 2018
MP @ahmed_nihan kairin alhugandu yageenkollan beynumee:
• 23 Sep ga inthikhaab onnaanetho ?
• @ibusolih ge nan vote karudhaahuga onnaanetho ?
• QA ga vaagothah vote laa marukazuga vote gunaa natheejaa iulaan kuraanantho ? https://t.co/bo4tNny5ga
މަހުލޫފުގެ އެ ޓްވީޓާއި ގުޅިގެން ޓްވިޓަރ ބޭނުންކުރާ ބައެއް ފަރާތްތަކުން ކޮމެންޓް ކޮށްފައިވާއިރު، ނިހާނުގެ އެއްވެސް ކޮމެންޓެއް ނެތެވެ. އަދި އެ ކޮމެންޓްތަކުގައި ހުރީވެސް ނިހާނާ ދެކޮޅަށް ރައްދު ދީފަ އެވެ.
މަހުލޫފު އެ ސުވާލުތައް ނިހާނަށް އަމާޒުކުރައްވާފައިވަނީ، ރައީސް ޔާމީނަށް 52 ޕަސެންޓް ވޯޓު ލިބޭނެ ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ނިހާނު ވިދާޅުވެފައި ވަނީ ހިސާބު ޖަހާނެ ގޮތަކަށް ޖެހުމަށާއި ނެރޭނެ ވަރަކަށް ކެންޑިޑޭޓުންނާއި ރަނިންގ މޭޓުން ނެރުމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ދެން ތަރައްގީއަށް ނޫނީ އާނއެކޭ ނުބުނާނެ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބު ﷲ ގެ އިރާދަފުޅާ މިންވަރުފުޅާއެކު ރައީސް ޔާމީން 52 އިންސައްތައިން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
Hisaabu Jahaane gothakah Jahaasheve. Nereyne varakah Candidate innaai Running mate in ves nereysheve. Namaves Dhivehi Raiyyithun dhen Tharaggee ah Noonee Aarkey Nubunaane eve. #2018 Riyaasee in thikhaabu Allah ge iraadha fulhaa minvaru fulhaa eku #RY 52 % in Kaamiyaabu Kurahvvane
— Ahmed Nihan (@ahmed_nihan) June 30, 2018
ސިޔާސީ ބައެއް ފަރާތްތަކުން ބުނާގޮތުގައި ނިހާނު ރައީސް ޔާމީންގެ ދިފާއުގައި އެވަރަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ނިހާނުގެ އިތުބާރު ރައީސް ޔާމީނަށް ނެތުމުން އެ އިތުބާރު ހޯދުމަށާއި އަމިއްލަ ނަފްސު ދިފާއުކުރުމަށް ކަމަށެވެ.