މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު، 52 ޕަސެންޓުން ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިސާބު ޖަހާނެ ގޮތަކަށް ޖެހުމަށާއި ނެރޭނެ ވަރަކަށް ކެންޑިޑޭޓުންނާއި ރަނިންގ މޭޓުން ނެރުމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ދެން ތަރައްގީއަށް ނޫނީ އާނއެކޭ ނުބުނާނެ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބު ﷲ ގެ އިރާދަފުޅާ މިންވަރުފުޅާއެކު ރައީސް ޔާމީން 52 އިންސައްތައިން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
Hisaabu Jahaane gothakah Jahaasheve. Nereyne varakah Candidate innaai Running mate in ves nereysheve. Namaves Dhivehi Raiyyithun dhen Tharaggee ah Noonee Aarkey Nubunaane eve. #2018 Riyaasee in thikhaabu Allah ge iraadha fulhaa minvaru fulhaa eku #RY 52 % in Kaamiyaabu Kurahvvane
— Ahmed Nihan (@ahmed_nihan) June 30, 2018
އިދިކޮޅު އެމްޑީޕީއަށް 13 އަހަރު ފުރުމަށް އިޝާރާތް ކުރައްވާ ނިހާން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޑިމޮކްރަސީގެ ނަމުގައި ފާއިތުވި 13 އަހަރު އެމްޑީޕީ އިން ގެނެސްދިނީ ގެއްލުމާއި ހަލާކު ކަމަށެވެ. ފާއިތު މިވާ ފަސް އަހަރު ދިވެހި ގައުމު ރައީސް ޔާމީން ތަރައްގީ ކުރި މަންޒަރު ދިވެހިން ލޮލުން ދެކި އަތުން ހިފާފައިވާނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
Dhivehi Raiyyithunah Democracy namugai Faaithu vi 13 Aharu MDP genes dhinee, Gellumaa Halaakeve. Faaithu mivaa 5 aharu Dhivehi Qamumu PPM #RY tharaggee kuri manzaru dhivehin lolun dheki athunhifaafai vaane. #RY2018
— Ahmed Nihan (@ahmed_nihan) June 30, 2018
ރައީސް ޔާމީން ތަރައްޤީ ކުރި މަންޒަރު ދިވެހިން ލޮލުން ދެކި އަތުން ހިފާފައިވާނެ ކަމަށް ނިހާން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އަދި ދުވަހަކުވެސް ރާއްޖެ ދަރަނިވެރި ނުވާ މިންވަރަށް ދަރަނިވެރިވެފައިވާ ދަނޑިވަޅެއްގައެވެ.