އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހުއަށް މަރުހަބާ ދަންނަވައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ތަކުރާރުކުރައްވައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުކަންވެސް ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހްއަށް މަރުހަބާ ދަންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިިކުރައްވާނީ ގުޅިފައިވާ ޕާޓީތައް އެކުގައި ނިކުމެކަމަށެވެ.
Hon. Ibrahim Mohamed Solih ah marhabaa. Iraadhakureviyaa Gulhifaivaa Party thah kaamiyaab kuraane. Raees Yameen bodu thanun bali kuraane
— Mohamed Nasheed (@MohamedNasheed) June 30, 2018
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބްކޮށްފައިވަނީ، އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގެ ތެރެއިންނެވެ. ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ކަނޑައެޅުމަށް 791 ކޮންގްރެސްމަނުން ވޯޓް ދެއްވިއެވެ.
ޕާޓީގެ ކޮންގްރެސްއަށް އިބޫގެ ނަން ހުށަހެޅުއްވީ މިއަހަރު އެ ޕާޓީން ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމެވެ. އަދި އެ ނަމަށް ކޮންގްރެސް ގެ ގިނަ ބަޔަކު ތާއީދު ކުރި އެވެ.
އޭނާ މިނަން ހުށަހެޅުއްވީ އެ ޕާޓީގެ ޕްރައިމަރީ މިއަހަރު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ކުރިމަތިލުމަށް ފުރުސަތު ލިބިއްޖެނަމަ އިބޫގެ ނަން އަނބުރާ ގެނެސް އެ ފުރުސަތު ރައީސް ނަޝީދަށް ދޭން އެއްބަސްވާ ގޮތަށެވެ.