އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ އެ ޕާޓީގެ ޕާލަމެންޓްރީގެ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ކޮންގްރެސްއަށް ހުށަހަޅައިފި އެވެ.
މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްއަށް އިބޫގެ ނަން ހުށަހެޅުއްވީ މިއަހަރު އެ ޕާޓީން ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމެވެ. އަދި އެ ނަމަށް ކޮންގްރެސް ގެ ގިނަ ބަޔަކު ތާއިދު ކުރި އެވެ.
އޭނާ މިނަން ހުށަހެޅުއްވީ އެ ޕާޓީގެ ޕްރައިމަރީ މިއަހަރު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ކުރިމަތިލުމަށް ފުރުސަތު ލިބިއްޖެނަމަ އިބޫގެ ނަން އަނބުރާ ގެނެސް އެ ފުރުސަތު ރައީސް ނަޝީދަށް ދޭން އެއްބަސްވާ ގޮތަށެވެ.