ކޮކާ-ކޯލާގެ ފަރާތުން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ވާރލްޑް ކަޕް ބެލުމަށް ރަޝިއާއަށް ހޮނިހިރު ދުވަހު ފުރައިފިއެވެ.
މިހާރު ރަޝިއާގައި ކުރިއަށްދާ ވާރލްޑް ކަޕް ބެލުމަށް ކޮކާ ކޯލާއިން ވަނީ ދެބުރަށް 30 މީހަކު ރަޝިއާއަށް ގެންގޮސްފައެވެ. "ކޮކާ-ކޯލާ ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަން" ގައި 300 އެމްއެލް އާއި 500 އެމްއެލް އަދި 1.25 ލީޓަރުގެ ފުޅި ގަނެގެން ބައިވެރިވެވޭ ޕްރޮމޯޝަންގެ ނަސީބު ވެރިންގެ ތެރެއިން ފުރަތަމަ ބުރުގައި ފުރާފައިވަނީ 10 މީހުންނެވެ. އެމީހުން މިހާރު އެނބުރި ރާއްޖެ އައިސްފައިވާއިރު ދެވަނަ ބުރުގައި ފުރާފައިވަނީ 20 މީހުނެންނެވެ. އެޓީމް މާލެ އެނބުރި އަންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގައެވެ.
ކޮކާ ކޯލާއިން ބުނީ މިފަހަރުގެ ޓީމު ވާރލްޑް ކަޕް މެޗުތަކުގެ ތެރެއިން ބަލާނީ އިންގްލެންޑާއި ކޮލަމްބިއާ ކުޅޭ މެޗުކަމަށެވެ. މީގެ އިތުރުން ރަޝިއާގެ އެކިސިޓީތަކަށް ޒިޔާރާތް ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.