ސްރީލަންކާއަށާއި ރާއްޖެއަށް ކެނަޑާ އިން ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް މެކިނަން، ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި މި ބައްދަލުވުމުގައި ކެނަޑާގެ ސަފީރު މެކިނަންއާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ކެނަޑާގެ ސަފީރު މެކިނަންއާ ބައްދަލު ކުރައްވާފައި ވަނީ އެޕާޓީގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި އެޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުންނެވެ.
Vice President Dr. Mausoom and senior members of Jumhooree Party briefed the Ambassador of Canada H.E David McKinnon about the current political situation in Maldives. pic.twitter.com/qJ7TJ7Ql6k
— JP Chief Spokesperson (@jpspokesperson) June 30, 2018
ކެނަޑާގެ ސަފީރު މެކިނަން ވަނީ މިވަގުތު ގޭ ބަންދުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ވެސް ބައްދަލު ކުރައްވާފައެވެ.