ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރު މިއޮތް ސަރުކާރަށް ނާކާމިޔާބުވުމުގެ ފެށުން މިއޮތީ ފެށިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްއަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ނިންމުމަށްޓަކައި ކޮންމެ މަގަކަށް ވެސް ދެވޭނެކަން މިވަނީ ހާމަވެފައި ކަމަށާއި އެކަމުގައި ކޮންމެ މީހަކު ވެސް ކުރިއަށްދާނީ އަމިއްލަ ކަންކަން އެއްފަރާތް ކުރުމަށް ފަހުގައި ކަމަށެވެ.
ޝާހިދު ވިދާޅުވީ ޤައުމީ ކަންކަމުގައި އެމްޑީޕީއަކީ ރައްޔިތުންގެ ޙައްގުގައި އެކަތިގަނޑަކަށްވެ ކެރޭ ބައެއްކަން މިވަނީ ދައްކާލާފައި ކަމަށާއި އެކަމަށްޓަކައި އެމްޑީޕީ މިވަނީ ރުކުރުވާލާފައި ކަމަށެވެ.