ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން، އަބްދުﷲ މަސީހް މުހައްމަދު ބަލައިނުގަންނަ ނަމަ، މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި އެ މެމްބަރުން ބައިވެރިވަޑައިނުގަތުމަށް ޕީޕީއެމުން ބުނުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެ ޕާޓީއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ރޮޒެއިނާ ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު މެމްބަރުން ކޮމެޓީއަށް ދާނެ ތޯ ނުވަތަ ނުދާނެ ތޯ ކިޔުއްވާކަށް ޕިޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއެވެ. އަދި ކޮމެޓީގައި އިދިކޮޅު މެމްބަރުން ވާހަކަ ދައްކަވާތި ނިހާނަށް ކަމުނުދިޔައީތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެ މެމްބަރުންނަކީ ނިހާނު ބޭނުންވެވަޑައިގަންނަވާ ތާކަށް ވަޑައިގަތުމަށް ތިއްބަވާ ބައެއްތޯ ވެސް ރޮޒެއިނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ރޮޒެއިނާ ވަނީ 43 މެމްބަރުން ހަމަނުވެގެން ޕީޕީއެމުން މެމްބަރުން ޗެމްބަރަށް ވެއްދޭނެ ގޮތެއް ހޯދަނީތޯ ވެސް ވިދާޅުވެފައެވެ.
Nihan beynun thaakah dhaan thibey baeh tha aharumen mee? Nihan akah neygeyne aharumen committee ah dhaanetho nudhaanetho kiyaakah.
— ?? ??????? ???? (@Roxeyna) June 29, 2018
Ethaaga vaahaka dhakkaathy ves kamunudhiyaee dho. Noony gadhakamun chamber ah vehdheyne gotheh hodhany tha 43 hamanuvegen?https://t.co/gbHgHlGwh4
ރައްޔިތުންގެ މަޖިލިސް ކުރިއަށްދާ ވަގުތު އެތަނަށް އިދިކޮޅު މެންބަރުން ހާޒިރުވެވަޑައި ނުގަންނަވާތީ އެކަން ޕީޕީއެމުން ވަނީ ކުށްވެރިކޮށްފައެވެ.
ޖޫން 28 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިމެނިވަޑައިގަންނަވާ އެހެން ޕާޓީތަކުގެ ބައެއް މެންބަރުން އަމަލުކުރައްވާ ގޮތުން ރައްޔިތުންނަށް ވަމުންދާ ގެއްލުންތަކުގެ ރައްޔިތުންނާ ހަމައަށް ތިލަ ކުރަންޖެހޭ ކަމަށެވެ.
ނިހާން ވިދާޅުވީ މަޖިލިސް ހިންގާ ހަރަދާއި މެންބަރެއްގެ މުސާރައާ އިނާޔަތްތައް ރައްޔިތުންނަށް އެނގޭއިރު މަޖިލީހުގެ މަސައްކަތުގައި އެމެންބަރުން ބައިވެރިވަނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޖިލީހުގެ މަސައްކަތުގައި ސަރުކާރާއި އިދިކޮޅު މެންބަރުން ބައިވެވަޑައިނުގަންނަވާ ކަމަށް ނިހާން ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ރިޔާސަތު ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވަމުންދާކަން ފާހަގަކުރައްވައި ނިހާން ވިދާޅުވީ މިމެންބަރު މަޖިލީހުގެ އެތެރެއަށް ގެއްލުން ލިބޭ ގޮތަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މަޖިލީހުގެ ރިޔާސަތު ގޯސްވެ، މަޖިލީހުގެ ރައީސްއަކީ އަބްދުﷲ މަސީހުކަމަށް ގަބާލުނުކުރައްވާތީ ހަމައެކަނި ވަދެވަޑައި ނުގަންނަވަނީ މަޖިލީހުގެ ޖަލްސާތަކަށް ކަމަށާއި، ނަމަވެސް ކޮމެޓީގެ އެލަވަންސް ނެގުމުގެ ބޭނުމުގައި އިދިކޮޅު ކޮމެޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ އިދިކޮޅު މެންބަރުން މަސައްކަތް ކުރައްވަނީ އަމިއްލަ ފައިދާ އަށް ކަމަށާއި، ރައްޔިތުންގެ ހައްގުގައި ނޫން ކަމަށެވެ. ފައިސާގެ ދަހިވެތިކަމުގައި ހުރިހާ ކޮމެޓީއެއްގައި ބައިވެވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންގެ ހައްގުގައި ބަހެއް ބުނެލަން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅިގެންދާ ބިލަކީ ވެސް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ކަމެއް ނޫނޭ ބުނެލުމަށް ލިބޭ ފުރުސަތު ވެސް ނުހިފާ ކަމަށް ނިހާން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ އަތުން މުސާރަ ނަގައިގެން ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ކެރޭ ބަޔަކު ނަމަ މަޖިލީހުގެ ޖަލްސާތަކަށް ވަދެވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.