ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ ރައްޔިތުން އެދޭ ބަދަލު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ޤާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީން މި މަގުން ކުރިއަށް ދިޔުމަކީ ރައްޔިތުންގެ އެދުން ކަމަށާއި އެ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން އޮތް ގޮތަކަށް، ރާއްޖެ އަނިޔާވެރިކަމުން ސަލާމަތް ކުރުމުގައި، ދީނާ ހިލާފު ނޫން، އދ އަދި ވިލާތުގެ އިއްތިހާދުގެ ނިންމުންތަކާއެކުގައި ކަމަށެވެ.
Coalition ge Single Candidate akee #RayyithunEdheyBadhalu InshaAllah JP mi magun kuriyah dhiumakee Rayyithun ge edhun . JP abadhuves Onnaanee Rayyithun naa Qaumuge Salaamaiy kan oiy gothah Aniyaa verikamun salaamaiy kurumugai dheenaa khilaafu noon UN aa EU ge ninmevun thakaaeku
— Qasim Ibrahim (@qasimibrahim) June 29, 2018
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެފައިވާއިރު އެ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓާއެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމުން މި ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކޯލިޝަނެއްގެ ގޮތުގައި ވާދަކުރަން ނިންމެވީ، ދިވެހި ޤައުމު ސަލާމަތް ކުރުމަށް ކަމަށާއި އިތުބާރު ދަމަހައްޓައި އެކުވެރި ކާމިޔާބަކާއެކު ރައްޔިތުންގެ އުންމީދު ހަޤީޤަތަކަށް ހެދޭނެ ކަމަށެވެ.
Mirey MDP aai eku JP, AP adhi Raees Maumoon miaharuge Riyaasee Inthikhaabah coalition eyge gothugai vaadha kuran ninmee Dhivehi Qawm salaamai kurumahtakai. Mi ithubaaru dhamahatai ekuveri kmaaibeku rayyithun ge ummeedhu haqeeqathakah hedheyne IA. Rayyithun ge baaru fahu bas. pic.twitter.com/5S56dzHwUd
— Mohamed Jameel Ahmed (@MJameelAhmed) June 29, 2018
ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވުމާއި ގުޅިގެން އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެ ފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ އެކި މެމްބަރުން ވެސް ދަނީ އެ ބޭފުޅުންގެ ޝުއޫރުތައް ހިއްސާ ކުރަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވި "ކޮކްޓެއިލް" ގެ ތެރެއިން މާތްﷲ ގެ އިރާދަފުޅާއެކު ރައްޔިތުން އެދޭ ގޮތަށް އެއް ކެންޑިޑޭޓަކު ދެއްކިފައިވާ ކަމަށާއި ދެން އޮތީ މަސައްކަތް ކުރުން ކަމުގައެވެ. އަދި އެ ޓުވީޓުގައި މަހުލޫފް ވަނީ ހަތަރު ޕާޓީގެ ލީޑަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
MDP ge candidate eh adhi JP ge running-mate eh nerumah 4 party ge leaderun ebbas vejje.
— ????? ??????? (@AhmedMahloof) June 29, 2018
Yameen vidhaalhuvi “cocktail” ge therein Allah iraadhafulhaaeku miothee rayyithun edheygothah common candidate eh dhekkifa. Dhen othee masahkaiy kurun.
4 party ge leaderunnah shukuriyya. pic.twitter.com/94JLZX7Jd9
މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީ އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ވެސް ދަނީ ފޯރީގައި ކެމްޕޭން ކުރަމުންނެވެ.