ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ވެލާނާގެޔަށް ބަދަލުކޮށް، ސިވިލް ސާރވިސް ކޮމިޝަން މަޖީދީ މަގުގައި ހުންނަ އިމާރާތަށް ބަދަލުކޮށްފި އެވެ.
މީގެކުރިން ސިވިލް ސާރވިސް ކޮމިޝަން ހިންގަމުންގެންދިޔައީ ވެލާނާގޭގެ 12 ވަނަ ފަންގިފިލާގަ އެވެ. ނަމަވެސް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އޮފީސް ހިންގަމުންގެންދާނީ ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ކަމަށެވެ.
ޕީޖީ އޮފީސް ވެލާނާގެޔަށް ބަދަލުކުރުމަށްފަހު، ސިވިލް ސާރވިސް ކޮމިޝަން ބަދަލުކޮށްފައިވަނީ މަޖީދީ މަގުގައި، ޕީޖީ އޮފީސް ހިންގި އިމާރާތަށެވެ. ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.