އެމްޑީޕީން އުކުޅަހުގައި ބާއްވާ ކޮންގްރެސް ރާއްޖޭގެ ގާނޫނު ތަކާއި ގަވާއިދުތަކަށް ބޯލަބާގެން ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އަންގައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ކުރި ޓުވީޓެއްގެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ކޮންގްރެސް ދިވެހިރާއްޖޭގެ ގާނޫނާއި، ގަވާއިދުތަކާއި އަދި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އެޕާރޓީ އަށް އަންގައިފި ކަމަށެވެ. އެހެން ނަމަވެސް އެންގީ ކޮން އިރަކު ކަމެއް އަދި އެމްޑީޕީގެ ކޮންގްރަސްއަށް ފުލުހުން ހުރަސް ނާޅާނެ ކަމުގެ ޔަގީން ކަން އެ ކޮމިޝަނުން ދެއްވާފައެއް ނުވެއެވެ.
އިލެކްޝަން ކޮމިޝަނުން މި ގޮތަށް ޓުވީޓް ކޮށްފައިވާއިރު އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް މީގެ ދެ ދުވަސް ކުރިން ވަނީ އިލެކްޝަން ކޮމިޝަން ގައި ސަރުކާރުން އެމްޑީޕީގެ ކޮންގްރެސްއަށް ހުރަސް އަޅައިފިނަމަ ފުލުހުން ފޮނުވައިގެން ނަމަވެސް ސަރުކާރު ހުއްޓުވާލުމަށް ގޮވާލައްވާފައެވެ.
ހަސަން ލަތީފް ވިދާޅުވެފައި ވަނީ އިލެކްޝަން ކޮމިޝަނުން އެންމެ ބާރު އަޅާ އެއް ކަމަކީ ސިޔާސީ ޕާޓީތައް ހިގަނީ ގާނޫނުތަކާއި އެ ޕާޓީގެ އަސާސީ ގަވާއިދުތަކާއި އެއްގޮތަށްތޯ ބެލުން ކަމައްވާއިރު، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ކޮންގްރެސް ބޭއްވުމަށް އެހީތެރިވެ ދިނުމަށް އިލެކްޝަން ކޮމިޝަން ގައި އެދިވަޑައިގެންފައެވެ.