ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޖަލަށްލާން ހުކުމް ކުރުމުން އިނގިރޭސިވިލާތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ސަފީރު ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބަށް ތިން މަހަށް ވެފައިވަނިކޮށް ބުދަ ދުވަހު ފާރިސް މައުމޫނު ފަދަ އިދިކޮޅު މެމްބަރަކު ޖަލަށްލާން ކުރި ހުކުމާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
ޑޯރިސްވަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތަށް ސަލާމަތް ކުރުމަށް ފުލުހުންނާއި ޝަރުއީ ދާއިރާއާއި ފަނޑިޔާރުންގެ އެހީތެރިކަމަަށް ދިވެހިން އެދޭކަމަށް ވިދާޅުވެފައެވެ.
It's most unfortunate that another #Maldives opposition MP, @afarismaumoon, was convicted on 27 June for political activities, especially with presidential elections only 3 months off.
— James Dauris (@JamesDauris) June 28, 2018
Maldivians need police, prosecutors and judges to help defend the principles of #democracy.
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، 4 މަހާ 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.